އައްޑޫ ސިޓީ ހިތަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ބިދޭސީއަކު މަރުވި ކަމުގެ ރިޕޯޓު ކުރީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ މީހާ އަކީ ގަވައިދާ ހިލާފަށް އެ ރަށުގައި އުޅެމުން އަންނަ މީހެކެވެ.
މަރުވި ސަބަބު އަދި ނޭނގޭއިރު އޭނާ މަރުވެފައިވަނީ އެ ރަށު ގެއެއްގެ ތެރޭގައި އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް