އއ. ތޮއްޑޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާދެމުން އެބަދެ އެވެ.
އިއްޔެ މެންދުރު ފަހު 13:30 އެހާކަންހާއިރު މި އެކްސިޑެންޓް ހިނގި އިރު ސައިކަލުގައި ތިން މީހުން ތިއްބެވެ. އައިސީޔޫގައި ފަރުވާދެމުންދަނީ ސައިކަލު ދުއްވަން އިން 34 އަހަރުގެ ފިރިހެނަކަށެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ތިން މީހުން އަރައިގެން ދުއްވި ސައިކަލު ކޮންޓްރޯލު ނުވެ ގޮސް މަގެއްގައި އިން ރުކެއްގައި ދުއްވަން އިން މީހާގެ މޫނުމަތި ޖެހިގެންނެވެ. މިހާދިސާގައި އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އޭނާ ތޮއްޑޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ހޭނެތް އިރު މާލެ ގެނައީ އިއްޔެ ހަވީރު 4:30 ހާއިރު އެވެ. އައިޖީއެމްއެޗުން ބުނީ އައިސީޔޫގައި އެމީހާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް