އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހަސަން ލަތީފް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވުމާއިއެކު ހުސްވެފައިވާ އެ މަގާމަށް އަލްއުސްތާޒް ހަސަން ލަތީފް ބެހެއްޓުމަށް ރުހުން ދީފި އެވެ. ރުހުން ދީފައިވަނީ އެ ޕާޓީގެ އާއްމު މެމ...

11 Feb 2017 | 05:41

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވުމާއިއެކު ހުސްވެފައިވާ އެ މަގާމަށް އަލްއުސްތާޒް ހަސަން ލަތީފް ބެހެއްޓުމަށް ރުހުން ދީފި އެވެ. ރުހުން ދީފައިވަނީ އެ ޕާޓީގެ އާއްމު މެމްބަރުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ހަސަން ލަތީފަށް ރުހުން ދިނުމުގެ އިންތިހާބު އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފައިވަނީ އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ އެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ފެންނަ ނުފެންނަ ވޯޓުގައި 5000 މީހުން އާނއެކޭ ބުނެފިނަމަ މަގާމް ލިބޭނެ އެވެ.

އެމްޑީޕީއިން އިއްޔެ އިންތިހާބު ކުރިއަށްގެންގޮސްފައިވަނީ މުޅި ރާއްޖެ ހިމެނޭގޮތަށް 202 ވޯޓު ފޮށްޓާއެކުގަ އެވެ. މިހާތަނަށް 150 އަށްވުރެ ގިނަ ވޯޓް ފޮށީގެ ނަތީޖާ ހާމަކޮށްފައިވާއިރު ހަސަން ލަތީފަށް އާނއެކޭ ބުނެފައިވަނީ 23188 މީހުންނެވެ. ނޫނެކޭ ބުނެފައިވަނީ 160 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް