ސަން ސިޔާމް އޮޅުވެލި ރިސޯޓުގައި ވެސް ކްލަސްޓަރއެއް

ސަން ސިޔާމް އޮޅުވެލި ރިސޯޓުގައިވެސް ކޮވިޑް-19 ގެ ކްލަސްޓަރއެއް އުފެދިއްޖެ އެވެ. އެޗްއީއޯސީ އިން ބުނީ އެ ރިސޯޓުން މިއަދުވެސް 20 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. "މިއަދު ޕޮޒިޓިވް ވި 50 މީހުން...

11 Jan 2021 | 18:20

ސަން ސިޔާމް އޮޅުވެލި ރިސޯޓުގައިވެސް ކޮވިޑް-19 ގެ ކްލަސްޓަރއެއް އުފެދިއްޖެ އެވެ.

އެޗްއީއޯސީ އިން ބުނީ އެ ރިސޯޓުން މިއަދުވެސް 20 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

"މިއަދު ޕޮޒިޓިވް ވި 50 މީހުންގެ ތެރެއިން 20 މީހުންނަކީ ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ މުވައްޒަފުން. އެރިސޯޓުން އިތުރު ޓެސްޓު ހަދާފައިވަނީ، އެރިސޯޓުގެ 3 މުއައްޒަފުން ޕޮޒިޓިވް ވުމުގެ އިތުރަށް 1 ކޮންޓެންޓެއް ޕޮޒިޓިވެފައި ވާތީ. މިހާތަނަށް 24 ފަރާތެއްވަނީ ޕޮޒިޓިވެފަ." އެޗްއީއޯސީ އިން ބުންޏެވެ.

މީގެ އިތުރުން އެރިސޯޓުން މިހައިތަނަށް 167 ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެތެރެއިން ނަތީޖާ ނުލިބި 23 ސާމްޕަލެއް އަދި 20 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް އެޗްއީއޯސީ އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް