އިތުރު 50 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ހާމަކުރި މަޢުލޫމާތަށް ބަލާ އިރު، މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަޙައްދުން 19 މީހުންނާއި އަތޮޅުތެރޭގެ ރައްތަކާއި ރިސޯޓުތަކުން 31 މީހުންނެވެ.
މި ޢަދަދާއެކު މިހައިތަނަށް ރާއްޖެެއިން14،159 މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބަލިން 29 މީހުން ވަނީ ރަނގަޅުވެފަ އެވެ.
އެހެންކަމުން 13،365 މީހުން މިހާތަނަށް ބަލިން ރަނގަޅުވެފައިވާ އިރު، މި ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ވަނީ 738 އަށް އިތުރު ވެފައެވެ.
ކޯވިޑް ބަލީގެ ސަބަބުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދަނީ 54 ބަލިމީހަކަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 3،129 ސާމްޕަލައެކު މިހާތަނަށް ޖުމްލަ 345،551 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 49 މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި 8 ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް