ބޮލީވުޑްއާއި ހޮލީވުޑްގައި މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އޭނާގެ ފިރިމީހާ ނިކް ޖޯނަސް އާއެކު ކަރަންޓީނުގައި ހުރުމަކީ އޭނާއަށް ލިބުން ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރަމުން އޭނާ މިވަނީ އެހެން ސިއްރެއްވެސް ފޭނުންނަށް ޙިއްޞާކޮށްފައެވެ.
ޕްރިޔަންކާ ބުނެފައިވަނީ އޭނާ ވަރަށް ގިނަ ދަރިން ބޭނުންވާ ކަމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ ހޯދުނު އެންމެ ގިނައިން ދަރީން ހޯދަން ބޭނުންކަމުގައެވެ.
އިތުރަށް ޕްރިޔަންކާ ބުނެފައިވަނީ ދެމީހުންގެ ކެރިއަރގެ ގޮތުން މިގޮތަށް ގިނ ވަގުތު އެކުގައި އުޅުމަށް ނުލިބޭ ކަމުގައެވެ. އެހެން ކަމުން ކަރަންޓީނުގައި އެގޮތަށް އެކުގައި ހޭދަކުރަން ލިބުމުން ވަރަށް އުފާވާކަމަށެވެ.
އަދިވެސް އިތުރަށް ފާހަގަ ކޮށްފައިވަނީ އިންޑިއާގައިވާ އޭނާގެ މައިންބަފައިންނާ ދުރުގައި ހުންނަން ޖެހުމުން ދެރަވެސް ވާ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް