ދޮންކެޔޮ ވިއްކާނެ ފަރާތްތަކެއް އެގުރޯ ނޭޝަނަލް ކޯޕަރޭޝައިން ހޯދަނީ

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް ބޮންތި ރަތްކެޔޮ ވިއްކުމަށް ޝައުޤުވެރިވާ ހުރިހާ ދިވެހި ދަނޑުވެރިންނަށް ފުރުސަތު އެ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ. މިކަމަށް އެދޭ ފަރާތް ތަކުން، 2021 ޖަނަވަރީ 20 ގެ ކުރިން އެ...

11 Jan 2021 | 12:08

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް ބޮންތި ރަތްކެޔޮ ވިއްކުމަށް ޝައުޤުވެރިވާ ހުރިހާ ދިވެހި ދަނޑުވެރިންނަށް ފުރުސަތު އެ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

މިކަމަށް އެދޭ ފަރާތް ތަކުން، 2021 ޖަނަވަރީ 20 ގެ ކުރިން އެ ކޯޕަރޭޝަނުގައި ރަޖިސްޓްރީކުރުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.

މިކަމަށް އެދިި، ވެންޑަރ ރަޖިސްޓްރްރޭޝަން ފޯމް ފުރިހަމަ ކޮށް، އީމެއިލް އަކުން ([email protected]) ނުވަތަ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ހެޑް އޮފީސް (ހ. އޯކިޑް، 8/B  ، 8 ވަނަ ފަންގިފިލާ، އަމީރުއަހްމަދު މަގު، މާލެ) އަށްހުށަހަޅައިގެން ރަޖިސްޓްރީ ވާން ޖެހޭނެއެވެ. މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅަން ޖެހޭނީ 3030426  ނުވަތަ 7447212 އަށެވެ.

އެގްރޯ ނެޝަނަލް އަކީ ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެތި މާރކެޓްކޮށް، ދަނޑުވެރިންނަށް ރަނގަޅު އަގެއް ހޯދައިދީ، ދަނޑުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް