އަނުޝްކާ ވިހައިފި، ލިބުނީ އަންހެން ކުއްޖެއް!

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރުމާ އަދި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީގެ ދެމަފިރިންނަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ. އަނުޝްކާ ވިހެއުމާއި އެކު ވިރާޓް ވަނީ އޭނާގެ ރަސްމީ ޓުވިޓާ...

11 Jan 2021 | 11:45

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރުމާ އަދި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީގެ ދެމަފިރިންނަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.

އަނުޝްކާ ވިހެއުމާއި އެކު ވިރާޓް ވަނީ އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އެކަން ހިންދީ ބަހުންނާއި އިނގިރޭސި ބަހުން ހާމަކޮށްފައި އެވެ.

ވިރާޓް ބުނީ ދެމައިންގެ ހާލު ރަނގަޅު ކަމަށެވެ. ދިރިއުޅުމުގައި މި މަރުހަލާ ފެށުމަށް ކެތްމަދުވެފައި ހުރިކަމަށްވެސް ވިރާޓް ވަނީ ބުނެފަ އެވެ.

https://twitter.com/imVkohli/status/1348580955594768385

އަނުޝްކާ ވިހާ ދުވަސް ކައިރިވުމާއި ވިރާޓް ވަނީ ޗުއްޓީ ނަގާފައި އެވެ.

އަނުޝްކާ ބަނޑުބޮޑުވުމުން ފިލްމީ މަސައްކަތްތައް ހުއްޓާލާފައިވާއިރު އޭނާ ކުރިޔަށް ކުޅެން ހުރި އެއްވެސް ފިލްމެއް ނެތެވެ. އެންމެ ފަހުން އަނުޝްކާ ފެނިގެން ގޮސްފައިވަނީ ”ޒީރޯ” އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް