ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ކުރި ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފި

އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުން، ގދ. ކނަދުހުޅުދޫ/ވިޒާ، މުހައްމަދު މުނީރުގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުން އިއްވި ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތ...

11 Jan 2021 | 11:38

އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުން، ގދ. ކނަދުހުޅުދޫ/ވިޒާ، މުހައްމަދު މުނީރުގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުން އިއްވި ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދު ކޮށްފި އެވެ.

މި މައްސަލައިގަ ހައިކޯޓުން މުހައްމަދު މުނީރަށް އިއްވާފައި ވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ. ސުޕްރީމް ކޯޓުން އެ ހުކުމަށް ތާއީދު ކުރެއްވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މި ދައުވާ މުނީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެކި ދުވަސް މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ. އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ ދޮން ދަރިއަކަށެވެ.

މި މައްސަލައިގަ ހުކުމް ކުރި އިރު އޭނާ އާއި ދެކޮޅަށް ދައުލަތުން ވަނީ ކުއްޖާގެ މެޑިކަލް ރިޕޯޓާއި އެ ކުއްޖާގެ ބަޔާނާއި ގއ. އަތޮޅު ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރުން ތައްޔާރުކޮށްފައިވާ ކުއްޖާގެ ހާލަތު ބަޔާން ކުރާ ރިޕޯޓަށްރިއާޔަތް ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް