އިރުފާން ވަކިވެދިޔުމާއި އެކު ދަރިފުޅު ބޮލީވުޑަށް ނުކުންނަށް ތައްޔާރަށް!

ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އިރުފާން ހާން ކެންސަރު ޖެހިގެން މިދިޔަ އަހަރު މެއި މަހު މަރުވީ ދޮށީ ދަރިފުޅު ބާބިލް ހާން ބޮލީވުޑަށް ނުކުތުމުގެ މަސައްކަތް ފަށާފައި ވަނިކޮށް ކަމަށް އޭނާ ބުނެ...

11 Jan 2021 | 11:35

ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އިރުފާން ހާން ކެންސަރު ޖެހިގެން މިދިޔަ އަހަރު މެއި މަހު މަރުވީ ދޮށީ ދަރިފުޅު ބާބިލް ހާން ބޮލީވުޑަށް ނުކުތުމުގެ މަސައްކަތް ފަށާފައި ވަނިކޮށް ކަމަށް އޭނާ ބުނެފި އެވެ.

އިރުފާން މަރުވީ ކެންސަރަށް ފަރުވާ ކުރާތާ އަހަރެއް ފަހުންނެވެ. އިރުފާނު ދުނިޔެއާއި ވަކިވެ ދިޔައީ މުޅި ބޮލީވުޑް އަދި އިންޑިއާގައި ފިލްމީ ދާއިރާއަށް ލޯބިކުރާ އެންމެން ރޮއްވާލާފައި އެވެ.

ބާބިލްގެ އިތުރުން އިރުފާންގެ ހަގު ދަރިފުޅަކީ އަޔާން ހާނެވެ. މީގެ ތެރެއިން ބާބިލް މިއަހަރު މެއި މަހު ގްރެޖުއޭޓް ވާނެ އެވެ.

ބާބިލް އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "އެކްޓަރުން އެކްޓް ކުރާނީ" ކަމަށެވެ. މި ޕޯސްޓާއި ގުޅިގެން ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ބާބިލް ބުނީ އޭނާ މިހާރުވެސް އުޅެނީ އެކްޓިންގެ ދާއިރާގައި ކަމަށެވެ.

އަދި ސުވާލު ކުރަން ބޭނުންވެގެން އުޅެނީ ބާބިލް ފިލްމަކުން ފެންނާނީ ކޮންއިރަކުތޯ ކަމަށް ވާނަ ޖަވާބަކީ މިއަހަރު މެއި މަގު ކިޔެވުން ނިންމާލުމަށް ފަހު އޭނާއަށް ފިލްމުތަކުން ފުރުސަތު ލިބޭ ވަރަކުން ފެންނަމުން ދާނެ ކަމަށް ބުންޏެވެ.

ބާބިލް މަތީ ތައުލީމު ހާސިލް ކުރަމުން ދަނީ ފިލްމު އުފެއްދުމުގެ ދާއިރާއިންނެވެ. އޭނާ ތައުލީމް ހާސިލް ކުރަމުން ދަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް