އިންޑޮނޭޝިއާގެ މަތިންދާ ބޯޓު ވެއްޓުމުން މިނިސްޓަރ ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފި

އިންޑޮނޭޝިއާގެ މަތިންދާ ބޯޓު ވެއްޓުމުން، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފި އެވެ. އިންޑޮނީޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ  މަރްސޫދީއަށް މިނިސްޓަރ ޝާހިދު ފޮނުއްވި ޙަމްދަރު...

11 Jan 2021 | 10:49

އިންޑޮނޭޝިއާގެ މަތިންދާ ބޯޓު ވެއްޓުމުން، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފި އެވެ.

އިންޑޮނީޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ  މަރްސޫދީއަށް މިނިސްޓަރ ޝާހިދު ފޮނުއްވި ޙަމްދަރުދީގެ މެސެޖްގައި ވިދާޅުވީ ޖެނުއަރީ 9 ވަނަ ދުވަހު ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ، ޖާވާގެ އައްސޭރި ފަށަށް ސްރިވިޖާޔާ ފްލައިޓް އެސް.ޖޭ 182 ވެއްޓި، 60 އަށްވުރެ ގިނަ މީހުން މަރުވި ޚަބަރު އެއްސެވީ ހިތާމަޔާއެކުގައި ކަމަށެވެ.

ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑޮނީޝިއާ ސަރުކާރާއި، ރައްޔިތުންނާ އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި މިނިސްޓަރގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރގެ މެސެޖުގައި ވެއެވެ.

މީގެ އިތުރުން ދިވެހިންގެ ތައުޒިޔާ، މި ޙާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ރައްދުކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް