އަހުމަދު ފައުޒާންގެ ހަނދާނުގައި ސްކޫލްތަކުގައި މިއަދު ހަމަހިމޭންކަމުގެ ސުކޫތެއް

މިދިޔަ ހޮނިހިރު ދުވަހު ނިޔާވި، ފުވައްމުލަކު ސްކޫލްގެ ގްރޭޑް10ގެ ދަރިވަރު އަހުމަދު ފައުޒާންގެ ހަނދާނުގައި، ސްކޫލްތަކުގައި މިއަދު 1 މިނެޓްގެ ހިތާމައިގެ ސުކޫތެއް ގެނެސްފިއެވެ. ފައުޒާން މަރުވީ އޮޔާދިޔަ ދެ...

11 Jan 2021 | 10:44

މިދިޔަ ހޮނިހިރު ދުވަހު ނިޔާވި، ފުވައްމުލަކު ސްކޫލްގެ ގްރޭޑް10ގެ ދަރިވަރު އަހުމަދު ފައުޒާންގެ ހަނދާނުގައި، ސްކޫލްތަކުގައި މިއަދު 1 މިނެޓްގެ ހިތާމައިގެ ސުކޫތެއް ގެނެސްފިއެވެ.

ފައުޒާން މަރުވީ އޮޔާދިޔަ ދެ ކުއްޖަކު ސަމާލާމަތް ކުރަން އުޅެނިގެން ގެނބިގެންނެވެ. އޭނާ މަރުވީ މޫދު އަޑިން ނަގައިގެން ގެންގޮސް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް، ހޮނިހިރު ދުވަހުގެ ހަވީރު އެވެ.

ފައިޒާން ދެއްކި ހިތްވަރަށް ތައުރީފު ކުރައްވާ ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައިޒާން ވަކިވެގެން ދިޔައީ އޭނާގެ އެ ގުރުބާނީން ގައުމު ރޮއްވާލާފައި ކަމަށެވެ. އެމަނިކުފާ ވިދާޅުވީ ފައިޒާން ވަކިވެގެން ދިޔައީ ހިތްވަރުގަދަ ކަމުގެ ލާމަސީލު ނަމޫނާއެއް ދައްކައިދީފައި ކަމަށެވެ.

ފައުޒާން ވަނީ  އުމުރުން 12 އަހަރާއި 13 އަހަރުގެ ދެ އަންހެން ކުދިން އޮޔާ ދަނިކޮށް ސަލާމަތް ކޮށްދީފައެވެ. ކުދިންނަކީ ފައުޒާން އާއި އެކު މޫދަށް ގޮސް އުޅުނު އެކުވެރިންތަކެކެވެ. ފައުޒާން ގެނބުނީ އެކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.

އެ ކުދިން މޫދަށް އެރިގެން އުޅުނީ ފުވައްމުލަކު މާނެރެ ސަރަހައްދަށެވެ. އެ ސަރަހައްދަކީ ފުވައްމުލަކުގައި ބަނދަރު ނަހަދާއިރު އޮޑި ފޯނި ފަހަރު ރަށަށް ވަދެ ނުކުތުމަށް ބޭނުން ކުރި ސަރަހައްދެއް ކަމަށާއި އެއީ ވަރަށް އޮއި ގަދަ ސަރަހައްދެއް ކަމަށް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް