ހެލިކޮބެކްޓާރ ޕައިލޯރީ

ހެލިކޮބެކްޓާރ ޕައިލޯރީ އަކީ ގޮހިރުގެ ތެރޭގައި އުޅޭ ބެކްޓީރިއާރއެކެވެ. އެބެކްޓީރިއާރގެ ސަބަބުން ބައެއްމީހުންނަށް ވައިގެއުނދަގޫ ކުރުވައެވެ. މި ބެކްޓީރިއާރ ހުރިތޯ ބަލާނީ ޓެސްޓް ކޮށްގެންނެވެ. މީގެ ބައެއް ...

11 Jan 2021 | 09:29

ހެލިކޮބެކްޓާރ ޕައިލޯރީ އަކީ ގޮހިރުގެ ތެރޭގައި އުޅޭ ބެކްޓީރިއާރއެކެވެ. އެބެކްޓީރިއާރގެ ސަބަބުން ބައެއްމީހުންނަށް ވައިގެއުނދަގޫ ކުރުވައެވެ.

މި ބެކްޓީރިއާރ ހުރިތޯ ބަލާނީ ޓެސްޓް ކޮށްގެންނެވެ. މީގެ ބައެއް ޓެސްޓްތައް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ހެދެއެވެ.  އޭގެތެރެއިން ރާއްޖެއިން ނެހެދޭ ތިން ޓެސްޓެއް ހުރެއެވެ.

އޭގެތެރޭގައި:

1. ނޭވައިގަ ހުންނަ ޔޫރިއޭސް ކިޔާ ކެމިކަލެއް ހުރޭތޯ ޓެސްޓު ކުރުން

2. ބޮޑުކަމުދާއެއްޗިހީގަ ބެކްޓީރިއާރގެ އަސަރު ހުރޭތޯ ބެލުން

3. އެންޑޮސްކޯޕީ ހަދާއިރު ގޮހޮރުގެ އެތެރޭ ފަށަަލައިން ނަގާ ބައޮޕްސީ އެތިކޮޅުގަ ބެކްޓީރިއާރ ހުރޭތޯ ވަގުތުން ބަލަން ހަދާޓެސްޓު ރާއްޖެއިން ނުހެދުނު ނަމަވެސް، އެ އެތިކޮޅު މައިކުރޮސްކޯޕް ދަށުން ބަލައިގެން ބެކްޓީރިއާރގެ އަސަރު ހުރޭތޯ ރާއްޖެއިން ވެސް ބެލޭނެއެވެ.

މިއާ ޚިލާފަށް، ސެރޮލޮޖީ ޓެސްޓު ނުވަތަ ލޭނަގައިގެން ބެކްޓީރިއާރގެ އަސަރު ހުރިތޯ ބަލާޓެސްޓު ރާއްޖެއިން ހެދެއެވެ. މީގެން ޔަގީންކޮށް ބަލިމީހާގެ ހަށިގަނޑުގަ އެވަގުތު ޖަރާސީމުގެ އަސަރު ހުރިތޯ ބުނެދޭކަށް ނޭނގޭނެއެވެ.

މައުލޫމާތު: ޑރ. މުޙައްމަދު އަލީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް