މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގެ ފުރަތަމަ ޕާޓްނަރަކަށް ކްރޮސްރޯޑް މޯލްޑިވްސް ހަމަޖައްސައިފި އެވެ.
ބޯޑާ މައިލްސް ޕްރޮގްރާމަކީ ޓޫރިޒަމަށް އައި ހީނަރުކަމުން އަރައިގަނެ އިތުރަށް ކުރިއެރުވުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި އިމިގްރޭޝަން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ޕާޓްނަރުންނަށް ވުމުގެ ފުރުސަތު ޓޫރިޒަމާއި ގުޅުން ހުރި ވިޔަފާރިތަކަށް ވަނީ ހުޅުވާލާފައި އެވެ. މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގެ ޕާޓްނަރުންނަށް ވުމުގެ ފުރުސަތު އިމިގްރޭޝަނުން ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އިމިގްރޭޝަނުން މީޑިއާގައި ބުނީ މި ޕްރޮގްރާމްގެ ޕާޓްނަރެއްގެ ގޮތުގައި ކްރޮސްރޯޑު މޯލްޑިވްސް ހަމަޖެހުމުން މި ޕްރޮގުރާމްގެ މެންބަރުންނަށް އެތަނުން ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އެގޮތުން ކްރޮސްރޯޑް މޯލްޑިވްސްއިން ފޯރުކޮށްދޭ ތަފާތު އަށް ޙިދުމަތަކާއި ތަނަކުން މި ޕްރޮގްރާމްގެ ބައިވެރިންނަށް މިހާރު ޑިސްކައުންޓް ލިބޭނެ އެވެ.
މީގެތެރޭގައި އެތަނުގެ ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން ސްޕާއާއި ޑައިވް ސެންޓަރުގެ ޙިދުމަތް ހިމެނެއެވެ.
މި ޕްރޮގްރާމް ފެށި މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި ޕްރޮގްރާމް ފެށުމަށް ޓަކައި ހާއްސަ ހަފްލާއެއް ބާއްވައި މިއަހަރު ރާއްޖެ އައި ފުރަތަމަ ޓޫރިސްޓަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް