އައިޖީއެމްއެޗް ގެ ޚިދުމަތަށް 73 އަހަރު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚިދުމަތަށް މިއަދު73 އަހަރު ފުރިއްޖެއެވެ. ރާއްޖޭގައި ބޮޑު ހޮސްޕިޓަލެއް އެޅުމަށް 1986 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އިންޑިޔާގެ އެހީއަށ...

11 Jan 2021 | 07:27

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚިދުމަތަށް މިއަދު73 އަހަރު ފުރިއްޖެއެވެ.

ރާއްޖޭގައި ބޮޑު ހޮސްޕިޓަލެއް އެޅުމަށް 1986 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އިންޑިޔާގެ އެހީއަށް އެދުނެވެ. އެކަމަށް ރާޖްވީ ގާންދީ އެއްބަސްވެ ވަޑައިގަތް، އޭގެ ދެއަހަރު ފަހުން ވަނީ ރާއްޖެއާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް އެއްގައި ސޮއިކޮށްފައެވެ. އެއީ އޮކްޓޯބަރ 1988 ގައެވެ. އޭރު ރާއްޖޭގެ ރައީސް އަކަށް ހުންނެވީ، އަލްއުސްތާޛް މައުމޫން އަބްދުލް އަބްދުލް ޤައްޔޫމެވެ.

1990 ޖަނަވަރީ14 ގައި ބިންގާ އެޅުނު އައިޖީއެމްއެޗް، ފަސް އަހަރު ތެރޭގައި އިމާރާތް ކޮށް ނިންމާފައި ވެއެވެ. އަދި1994 ފެބްރުއަރީ2 ގައި ރާއްޖޭގެ ސަރުކާރާ ވަނީ ހަވާލުކޮށްފައެވެ.

މި ހޮސްޕިޓަލް ހުޅުވާފައިވަނީ1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ15 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް