ގާނޫނީ ވަކީލަކު ހަމަޖައްސަން ފުރުސަތު ނުދިން ކަމަށް ބުނެ ސ. މަރަދޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސައިންގެ މައްސަލަ ބަލަން ފަށައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ މެޖިސްޓްރޭޓް ނަފީސް ގާނޫނީ ވަކީލެއް އައްޔަން ކުރުމުގެ ފުރުސަތު ނުދީފައިވަނީ އެކޯޓުގެ ގަޒިއްޔާއެއްގައި ދައުވާ ލިބުނު ފަރާތަކަށް ކަމަށެވެ.
މެޖިސްޓްރޭޓް ނަފީސް އާއި ގުޅޭގޮތުން ޖޭއެސްސީން ބަލަނީ ސުލޫކީ މައްސަލަ އެކެވެ. އ
އެ މައްސަލަ ބަލަން ނިންމީ އިއްޔެ ބޭއްވި ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ނެވެ.
ޖޭއެސްސީން ވަނީ މި ފަހަކުން އިސް މެޖިސްޓްރޭޓުންނާއި ބައެއް ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކޮށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ފަނޑިޔާރުން ވަކިކޮށްފައި އެވެ. އަދި ބައެއް ފަނޑިޔާރުން ވަނީ ޖޭއެސްސީން މައްސަލަ ބެލުމަށް ފަހު ވަކި ކުރަން ނިންމައި މަޖިލީހަށް ފޮނުވުމުން އަމިއްލައަށް ފަނޑިޔާރު ކަމާއި މެޖިސްޓްރޭޓް ކަމުން އިސްތިއުފާ ދެއްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް