މިދިޔަ އަހަރު އިމިގްރޭޝަނުން 13،000 އަށްވުރެ ގިނަ ޕާސްޕޯޓު ދޫކުރި

މިދިޔަ އަހަރު އިމިގްރޭޝަނުން 13،000 އަށްވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވާކަމަށް ބުނެފި އެވެ. އިމިގްރޭޝަނުން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު އެ އިދާރާއިން 13،662 ޕާސްޕޯޓު ދޫކޮށްފައިވ...

11 Jan 2021 | 04:25

މިދިޔަ އަހަރު އިމިގްރޭޝަނުން 13،000 އަށްވުރެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވާކަމަށް ބުނެފި އެވެ.

އިމިގްރޭޝަނުން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު އެ އިދާރާއިން 13،662 ޕާސްޕޯޓު ދޫކޮށްފައިވެ އެވެ. އޭގެތެރެއިން 10،636 ޕާސްޕޯޓު ދޫކޮށްފައިވަނީ އިމިގްރޭޝަންގެ އެކި އޮފީސްތަކުންނެވެ.

އިމިގްރޭޝަންގެ އޮފީސް ހުންނަނީ ހއ. ދިއްދޫ، ކުޅުދުއްފުށީ ސިޓީ، މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި އެވެ. މީގެ ތެރެއިން މާލޭގައި ހުންނަ އިމިގްރޭޝަން އޮފީހުން 9،836 ޕާސްޕޯޓު މިދިޔަ އަހަރު ދޫކޮށްފައިވެ އެވެ.

ހއ. ދިއްދޫ އިމިގްރޭޝަން އޮފީހުން މިދިޔަ އަހަރު ދޫކޮށްފައިވަނީ 116 ޕާސްޕޯޓެވެ. ކުޅުދުއްފުށީ އިމިގްރޭޝަން އޮފީހުން ދޫކޮށްފައިވަނީ 218 ޕާސްޕޯޓެވެ.

ފުވައްމުލަކު އިމިގްރޭޝަން އޮފީހުން 127 ޕާސްޕޯޓު ދޫކޮށްފައިވާއިރު އައްޑޫ އިމިގްރޭޝަން އޮފީހުން ދޫކޮށްފައިވަނީ 339 ޕާސްޕޯޓެވެ.

މީގެ އިތުރުން މިދިޔަ އަހަރު އެމަޖެންސީކޮށް 94 ޕާސްޕޯޓު އަދި 39 ޕާސްޕޯޓު ކާޑު ދޫކޮށްފައިވާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް