ސްކޫލު ކުދިންގެ ޔުނީފޯމު ބިދޭސީން ލާ ވާހަކަ ސޯޝަލް މީޑިއާގައި ބަހުސަކަށް – ކިޔުންތެރިންގެ ހިޔާލަކީ ކޮބާ !

އިއްޔެއިން ފެށިގެ ސޯޝަލް މީޑިއާއިން މިފަދަ ޕޯސްޓްތައް ވަރަށް ގިނައިން އެބަ ފެ އެވެ. ރާއްޖޭގެ ސްކޫލުތަކުގެ ޔުނީފޯމު ލައިގެން ތިބޭ ޕޯސްޓްތަކާއި އެ ޕޯސްޓް ތަކަށް ކުރެވޭ ބަހުސް ތަކެވެ. ޕޯސްޓްތަކަށް ނަޒަރު...

11 Jan 2017 | 02:50

އިއްޔެއިން ފެށިގެ ސޯޝަލް މީޑިއާއިން މިފަދަ ޕޯސްޓްތައް ވަރަށް ގިނައިން އެބަ ފެ އެވެ. ރާއްޖޭގެ ސްކޫލުތަކުގެ ޔުނީފޯމު ލައިގެން ތިބޭ ޕޯސްޓްތަކާއި އެ ޕޯސްޓް ތަކަށް ކުރެވޭ ބަހުސް ތަކެވެ.

ޕޯސްޓްތަކަށް ނަޒަރު ހިންގާލާއިރު މިކަމުގައި ދިވެހިންގެ ހިޔާލު ދެކަފިވެފައިވާކަން ފާހަގަކުރެ އެވެ.

އެއް ބަޔަކު ބުނަނީ ބިދޭސީންގެ ކަންތައް މާ ބޮޑުވެއްޖެ ކަމަށާއި މިފަދަ އަމަލުތައް ކުރާނަމަ ބިދޭސީންނާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އަނެއް ބަޔަކު ބުނަނީ މިކަމުގައި ފޮޓޯތައް އާއްމުކޮށް ބިދޭސީންގެ ނުރަނގަޅު ވާހަކަ ދެއްކުމަށްވުރެ ދިވެހިން ޒިންމާދާރުވުން މާ މުހިއްމު ކަމަށެވެ. އެމީހުން އެ ތަކެތި ލަނީކީ ވަގަށް ނަގައިގެން ނޫން ކަމަށެވެ. އަހަރެމެން ދިވެހިން އެ ތަކެތި އެއްލައިލުމުން ބިދޭސީން އެތަކެތި ލަނީ ގޮނޑު ހޮވައިގެން ކަމަށެވެ.

ބިދޭސަކު ސްކޫލު ޔުނީފޯމެއް ލައިގެން އުޅޭނަމަ ފޮޓޯނަގައި ފޭސްބުކަށް ލައިގެން ބަހުސް ކުރުމަށްވުރެ އެފަދަ ބިދޭސީއަކަށް ލާނެ އެއްޗެއް ދިނުން މާ ރަނގަޅުވާނެ ކަމުގައިވެސް ބައެއް ފަރާތްތަކުން ބުނެފައި ވެ އެވެ.

މި ކަމަކީ މިއަދު ސޯޝަލް މީޑިއާގައި ހޫނު ބަހުސަކަށްވެފައިވާ ކަމެއްކަމުގައިވާއިރު މިކަމުގައި ކިޔުންތެރިންގެ ހިޔާލަކީ ކޮބައިތޯ އެވެ !؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް