އެޗްޓީސީގެ އައު ފޯނު ލޯންޗްކުރަނީ ހުކުރު ދުވަހު، ފޮޓޯތައް މިހާރު ލީކު ކޮށްލައިފި !

ސްމާޓް ފޯނުގެ ވާހަކަ ދައްކާއިރު އެޗްޓީސީވެސް އުޅެނީ މާކަ ފަހަތަކު ނޫނެވެ. އެ ކުންފުނީގެ އެއްމެ ފަހުގެ ފޯނު އެޗްޓީސީ 10 އަށް ލިބިގެން ދިޔަ ތަރުހީބުން އެކަން ކަށަވަރު ވެ އެވެ. އެޗްޓީސީން އައު އުފެއްދުމެ...

11 Jan 2017 | 02:48

ސްމާޓް ފޯނުގެ ވާހަކަ ދައްކާއިރު އެޗްޓީސީވެސް އުޅެނީ މާކަ ފަހަތަކު ނޫނެވެ. އެ ކުންފުނީގެ އެއްމެ ފަހުގެ ފޯނު އެޗްޓީސީ 10 އަށް ލިބިގެން ދިޔަ ތަރުހީބުން އެކަން ކަށަވަރު ވެ އެވެ.

އެޗްޓީސީން އައު އުފެއްދުމެއް މި އަންނަ ހުކުރު ދުވަހު ލޯންޗް ކުރާނެކަން މިވަނީ ހާމަކޮށްފަ އެވެ. ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެއީ ސްމާޓް ފޯނެކެވެ. އަދި އެކަމަށް ބާރު ލިބެނީ ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯގައި އިއްޔެ ލީކުކޮށްލާފައިވާ އެޗްޓީސީ ފޯނުގެ ފޮޓޯތަކުންނެވެ.

ފޯނުގެ ކޯޑު ނަމަކަށް ދީފައިވާ ނަމަކީ "އޯޝަން ބްލޫ" އެވެ. އެލްމިނިއަމް ފްރޭމެއްގައި ބޭނުންކޮށްފައިވަނީ ސޭންޑްވިޗް ޑިސްޕްލޭ އެކެވެ. ޑިސްޕްލޭގެ މަތީގެ ވަކި ރޭޝިޔޯއެއް ބައެއް ކަންކަމަށް ހާއްސަކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

ލީކުވެފައިވާ ފޮޓޯތަކަށް ބަލާއިރު ފަހަތުގައި ބިއްލޫރިފަށަލައެއް ވާކަން ފާހަގަކުރެވެ އެވެ. ކެމެރާ އަށް ބަލާއިރު ސެމްސަންގް އިން އާއްމުކޮށް ބޭނުންކުރާ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ކެމެރާ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް