އެލްޖީން އަލަށް ތައާރަފްކުރާ ފޯނު ޑިސްޕްލޭއެއްގެ މޮޅު ވާހަކަ !

މި އަހަރަކީ ސްމާޓްފޯނު އުފެއްދުމުގައި ވަރުގަދަ އަހަރަކަށްވެގެންދާނެކަމަށް ބެލެވެ އެވެ. އެޕަލް އިން އައިފޯނު 8 ތައާރަފް ކުރަން ތައްޔާރުވަމުން އަންނައިރު ސެމްސަންގް އިން ތައްޔާރުވަމުން އަންނަނީ ސެމްސަން...

11 Jan 2017 | 02:45

މި އަހަރަކީ ސްމާޓްފޯނު އުފެއްދުމުގައި ވަރުގަދަ އަހަރަކަށްވެގެންދާނެކަމަށް ބެލެވެ އެވެ. އެޕަލް އިން އައިފޯނު 8 ތައާރަފް ކުރަން ތައްޔާރުވަމުން އަންނައިރު ސެމްސަންގް އިން ތައްޔާރުވަމުން އަންނަނީ ސެމްސަންގް ގެލެކްސީ އެސް 8 ނެރުމަށެވެ.

އިލެކްޓްރޯނިކްސް އުފެއްދުމުގައި ވަރުގަދަ ކުންފުންޏެއް ކަމަށްވާ އެލްޖީން އޮތީ ސްމާޓްފޯނުގެ މާކެޓުގައި މި އަހަރު އެޕަލް އާއި ސެމްސަންގް އަށް ދޫދޭ ގޮތަކަށް ނޫނެވެ. އެކަން ހާމަވެގެން ދަނީ އިއްޔެ އެ ކުންފުނިން އައު ޑިސްޕްލޭއެއް ލޯންޗް ކުރުމުންނެވެ. އެ ޑިސްޕްލޭއަކީ ދެން އެ ކުންފުނިން ނެރޭ ފޯނެއްގައި ބޭނުންކުރާނެ ޑިސްޕްލޭކަން އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

މިއީ އޯލް ސްކްރީން ނުވަތަ ސޭންޑްވިޗް ޑިޒައިންގެ ޑިސްޕްލޭ އެކެވެ. ޑިސްޕްލޭގެ މޮޅު ވާހަކަ ދައްކާއިރު މިވަރުގެ ޑިސްޕްލޭއެއް އަދި މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކޮށްފައ ނުވާކަމަށް ބުނެވެ އެވެ.

ޑިސްޕްލޭގެ ރެޒޮލިއުޝަން އަކީ 1440×2880 ކަމާއި ޕިކްސެލް ޕަރ އިންޗް ޑެންސިޓީއަކީ 564 ކަމާއި ޑިސްޕްލޭގެ ބޯމިނަކީ އެއް މިލިމީޓަރުކަން އެލްޖީން ވަނީ ހާމަކޮށްފަ އެވެ. އަދި މިހާރު ސްމާޓްފޯނުތަކުގައި ބޭނުންކުރަމުން އަންނަ ޑިސްޕްލޭތަކާ އަޅާ ކިޔާއިރު މި ޑިސްޕްލޭއިން ބެޓެރީ ކޮންޒިއުމްކުރާ މިންވަރު 30 އިންސައްތަ ދަށްވާނެ ކަމަށްވެސް އެލްޖީން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް