އައިފޯނު 8ގައި ހިމަނަނީ ދަގަނޑު ބޮޑީއެއް، ސޭންޑްވިޗް ޑިސްޕްލޭ އެއް !

މިއީ އައިފޯނު 8ގެ އަޑު ގަދަވެގެން އުޅޭ ދުވަސްކޮޅެކެވެ. އައިފޯނަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ހަބަރެއް މި އަހަރުތެރޭގައި ދޭނެކަން އެޕަލްއިން ހާމަކޮށްފައިވާތީ ކަމަށްވެދާނެ އެވެ. މިއޮތީ އަނެއްކާވެސް ...

11 Jan 2017 | 02:42

މިއީ އައިފޯނު 8ގެ އަޑު ގަދަވެގެން އުޅޭ ދުވަސްކޮޅެކެވެ. އައިފޯނަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ހަބަރެއް މި އަހަރުތެރޭގައި ދޭނެކަން އެޕަލްއިން ހާމަކޮށްފައިވާތީ ކަމަށްވެދާނެ އެވެ.

މިއޮތީ އަނެއްކާވެސް އެޕަލް އައިފޯނު 8 އާއި ބެހޭ އައު ވާހަކަތަކަކެވެ. އެއް ވާހަކައަކީ އައިފޯނު 8 ގައި ބޭނުންކުރަނީ ދަގަނޑު ބޮޑީއެއް ކަމަށް ދެކެވޭ ވާހަކަ އެވެ. އައިފޯނު 4 އަދި 4 އެސްގައި އައިފޯނުން ބޭނުންކުރީ ދަގަނޑު ބޮޑީ އެކެވެ. އަދި އެ ފަހަތުގައި ބިއްލޫރިވެސް ބޭނުންކުރި އެވެ.

ޓެކްނޮލޮޖީގެ ކަންކަން ދިރާސާކޮށް ކަންކަން ހޯދާ ބައެއް ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި އައިފޯނު 4 އަދި 4 އެސްއަށް ދަގަނޑު ބޮޑީ އުފެއްދި އެއް ކުންފުނި ކަމުގައިވާ ޖާބިލް ކުންފުންޏަށް އެޕަލް އިން ވަނީ ދަގަނޑު ބޮޑީ އުފެއްދުމަށް ވަރުގަދަ އޯޑަރެއް ދީފަ އެވެ.

އެފަރާތްތަކުން ގަބޫލުކުރާގޮތުގައި ދަގަނޑު ބޮޑީއެއް އައުން ގާތްކަމަށް ބެލެވޭ ދެވަނަ ސަބަބަކީ ވަޔަރލެސް ޗާޖިން އައިފޯނު 8 އަށް ތައާރަފްކުރާނެކަމަށް ދެކެވޭ ވާހަކަ އެވެ. ވަޔަރލެސް ޗާޖިން ތަފާތު ގޮތަކަށް ހިމަނާނަނަމަ ފަހަތުގައި ބިއްލޫރި ހިމަނަން ޖެހޭކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެ އެވެ.

އައު އައިފޯނާއިބެހޭގޮތުން ދެކެވޭ ދެވަނަ ވާހަކައަކީ އައިފޯނު 8ގައި އެޕަލްއިން ހިމަނަން ގަސްތު ކުރަނީ ސޭންޑްވިޗް ޑިސްޕްލޭއެއް ކަމަށް ދެކެވޭ ވާހަކަ އެވެ. ސޭންޑްވިޗް ޑިސްޕްލޭ ކިޔަނީ މުޅި ފްރޮންޓް އެއްކޮށް ކަވަރުކުރެވޭގޮތަށް ޑިސްޕްލޭ އިންނާތީ ކަމަށް ބެލެވެ އެވެ.

ނަމަވެސް މި ދެ ކަމަކީވެސް އެއްވެސް ހާލެއްގައި ކަށަވަރުކުރެވިފައިވާ ވާހަކަތަކެއް ނޫނެވެ. ނަމަވެސް ގިނަފަހަރަށް މިކަހަލަ ތަފާތު ވާހަކަތައް ދިމާވެ އެވެ. އަދި ބައެއް ފަހަރު މިކަހަލަ މައުލޫމާތު އެޕަލްއިން ގަސްތުގައިވެސް ލީކުކޮށް އުޅެ އެވެ. ޕްރޮޑަކްޓް ނެރުމުގެ ކުރިން ކަސްޓަމަރުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް