މިއީ މަރުދާން، މިހާރުވެސް ބަރުދަނުގައި 440 ކިލޯ، އަދިވެސް ބޭނުންވަނީ ބިޔަވާން !

ބަރުދަނުގައި 440 ކިލޯ ހުންނަ އުމުރުން 24 އަހަރުގެ ޕާކިސްތާނުގެ ރައްޔިތެއް ކަމުގައިވާ މަރުދާން ޚާން ބާބާ ބޭނުންވަނީ އަދިވެސް ބިޔަ ވާން ކަމުގައި އޭނާ ބުނެފި އެވެ. އެގައުމުގައި "ޕާކިސްތާނީ ހަލްކް" ގެ ނަމ...

11 Jan 2017 | 02:39

ބަރުދަނުގައި 440 ކިލޯ ހުންނަ އުމުރުން 24 އަހަރުގެ ޕާކިސްތާނުގެ ރައްޔިތެއް ކަމުގައިވާ މަރުދާން ޚާން ބާބާ ބޭނުންވަނީ އަދިވެސް ބިޔަ ވާން ކަމުގައި އޭނާ ބުނެފި އެވެ.

އެގައުމުގައި "ޕާކިސްތާނީ ހަލްކް" ގެ ނަމުން މަޝްހޫރުވެފައިވާ މަރުދާން ބުނެފައިވަނީ އޭނާ ހަށިގަނޑު ބިޔަވާން ފެށީ އުމުރުން 18 އަހަރުގައި ކަމަށާއި ޓާގެޓަކީ ބަރުދަން 500 ކިލޯއަށް އަރުވާލުން ކަމަށެވެ.

"އަހަރެން ދުވާލަކު 10 ހާސް ކެލޮރީގެ ކެއުން ކަން، އެއްމެ އިރެއްގެ ކެއުމުގައި ދެކިލޯ މަހާއި ކުކުޅު ކަން، އެއީ ބަތާއި ޕާނާއި މޭވާ އާއި އެއް ލީޓަރުގެ ކިރުގެ އިތުރުން" މަރުދާން ބުނެފައި ވެ އެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ޕްރޮފެޝަނަލް ރެސްލިން ތެޅުން ތެރިއަކަށްވުމަކީ އޭނާ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި އުއްމީދަކީ އެ ހުވަފެން ކާމިޔާބުވުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް