އަވަހާރަވެފައިވާ ސައުދީގެ ކުރީގެ އަމީރު، ފައިސަލް ރަސްގެފާނުގެ ހަނދާނުގައި ދެވޭ "ކިންގް ފައިސަލް އިންޓަނޭޝަނަލް ޕްރައިޒް ފޮރ ސަރވިސް ޓު އިސްލާމް" އެވޯޑު، ސައުދީގެ މިހާރުގެ އަމީރު ސަލްމާން ރަސްގެފާނަށް ލިބިވަޑައިގެންފި އެވެ.
ސަލްމާން ރަސްގެފާނަށް މި އެވޯޑް ލިބިވަޑައިގެންނެވީ ސައުދީގައި ހުންނަ މުގައްދަސް ދެ މިސްކިތް ބެލެހެއްޓެވުމުގައި އަމަލު ކުރައްވަމުން ގެންދަވާ ގޮތާއި އެކި ގައުމުތަކުން ސައުދީއަށް ދާ މުސްލިމުންނަށް ލުއިފަސޭހަ ގޮތްތައް ހޯއްދަވައިދެއްވުމަށް ސަލްމާން ރަސްގެފާނު ކުރިއަށް ގެންދަވާ މަސައްކަތްޕުޅުތަކަށް ރިއާޔަތްކޮށް ކަމުގައި ސައުދީން ބުނެފައި ވެ އެވެ.
ސަލްމާން ރަސްގެފާނަށް މި އެވޯޑް ލިބިވަޑައިގެންކަން އިއުލާނު ކުރައްވާފައިވަނީ ކިންގް ފައިސަލް އިންޓަނޭޝަނަލް ޕްރައިސްގެ ޗެއަރމަން ޕްރިންސް ޚާލިދު އަލް ފައިސަލް ބިން އަޒީޒީ ނެރުއްވި ބަޔާނެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް