އެއްފަހަރަކު އަބޫ ސަލަމާ އިބްން ޢަބްދުއްރަޙްމާން އިބްން ޢައުފު ރަޟިޔަﷲ ޢަންހު، ޢާއިޝާ ރަޟިޔަﷲ ޢަންހާ ގާތު ނަބިއްޔާ ﷺ ދަމު ނަމާދުކުރައްވަން ފައްޓަވާއިރު ކިޔުއްވަނީ ކޮން ދުޢާއެއް ތޯ ސުވާލުކުރެއްވިއެވެ.
އެކަމަނާ އެ ސުވާލުގެ ޖަވާބުގައި އެކަލޭގެފާނު ކިޔުއްވަވާ ދުޢާ ކިޔައިދެއްވިއެވެ.
އެކަމަނާ ވިދާޅުވިއެވެ. އެކަލޭގެފާނު ދަމު ނަމާދު ފައްޓަވަނީ މި ދުޢާއިންނެވެ.(އެބަހީ: ދުޢާއުލް އިސްތިފްތާޙުގެ ގޮތުގައި މިދުޢާ ކިޔުއްވައެވެ.)
”اللَّهُمَّ رَبَّ جِبْرائِيلَ، وَمِيكائِيلَ، وإسْرافِيلَ، فاطِرَ السَّمَواتِ والأرْضِ، عالِمَ الغَيْبِ والشَّهادَةِ، أَنْتَ تَحْكُمُ بيْنَ عِبادِكَ فِيما كانُوا فيه يَخْتَلِفُونَ، اهْدِنِي لِما اخْتُلِفَ فيه مِنَ الحَقِّ بإذْنِكَ، إنَّكَ تَهْدِي مَن تَشاءُ إلى صِراطٍ مُسْتَقِيمٍ“
މާނައީ: “ އޭ ﷲ އެވެ! ޖިބްރީލާއި، މީކާއީލާއި، އިސްރާފީލްގެ ވެރި ރަސްކަލާކޮ! އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ރަސްކަލާކޮ! ފެންނަހައި ކަންތަކާއި ނުފެއްނަހައި(ޣައިބުގައިވާ) ކަންތައްތައް ދެނެވޮޑިގަންނަވާ ރަސްކަލާކޮ! އިބަ ﷲ އީ، އިބަ ﷲ ގެ އަޅުތަކުންގެ މެދުގައި ހިނގާ ދެބަސްވުންތަކުގައި ޙުކުމް ކުރައްވާ ރަސްކަލާނގެއެވެ. އިބަ ﷲ ގެ އިޛުނަފުޅާއެކު، ޙައްޤުގެ ތެރެއިން އެކަންކަމާމެދު ދެބަސްވެވިފައިވާ ކަންތައްތަކަށް މި އަޅާއަށް ހިދާޔަތް ދައްކަވާނދޭވެ! ހަމަކަށަވަރުން އިބަ ﷲ އެދިވޮޑިގަންނަވާ މީހަކަށް ސީދާވެގެންވާ މަގަށް ހިދާޔަތް ދައްކަވުމުއެވެ.“ (މުސްލިމް)
އަޅުގަނޑުމެންގެ ނަބިއްޔާ ﷺ މި އުންމަތަށްޓަކައި މިފަދަ އެތަށް ދުޢާއެއް ދޫކުރައްވާފައިވާއިރު, މިފަދަ މާތް ދުޢާ ތަށް ދަސްކޮށް އަދި އާންމު ދިރިއުޅުމުގައި މި ދުޢާތަށް ކިޔަމާ ހިނގާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް