N/A
ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާ، ބޭންކް އޮފް މޯލްޑިވްސް
އިން ދުނިޔޭގެ ޑިޖިޓަލް ޕޭމަންޓްސްގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ވިސާގެ އިންފިނިޓް
ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
މި ކާޑަކީ ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ މެޓަލް
ކާޑެވެ. މިއީ ރާއްޖެއަށް އެންމެ އީޖާދީ އަދި
އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތައް ތައާރަފްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގައި
ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ހާއްސަ ޕްރިވިލެޖްތަކާއެކު ދުނިޔޭގެ ފެންވަރުގެ އެންމެ
ފުރިހަމަ ޚިދުމަތް ލިބޭ ވަސީލަތްތައްތައް ގާއިމުވެގެން
ދިޔުމަކީ ރާއްޖޭގެ މުޖުތަމައުގެ ފުދުންތެރިކަން
އިތުރުވަމުންދާއިރު ކަސްޓަމަރުން މިފަދަ ޚިދުމަތްތަކަށް ބޭނުންވާ މިންވަރު އިތުރުވަމުން
އަންނަ ކަމެކެވެ. ވިސާ އިންފިނިޓް ކާޑަކީ މިފަދަ އުންމީދުތައް ހަގީގަތަކަށް ހަދައިދީ
އަދި އެ ކާޑާ ވާދަ ނުކުރެވޭ ވަރުގެ ފައިދާތަކެއް ފޯރުކޮށްދޭ ކާޑެކެވެ. ވިސާ އިންފިނިޓްގެ
މަޝްހޫރުކަމާއި ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ ހަރުދަނާ މަގާމާއި އަދި އެ ކާޑުން
ލިބޭ ފައިދާތަކުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް ވެގެންދާނީ މަތީ ފަންތީގެ އަދި
އީޖާދީ ޕޭމަންޓްގެ ހައްލު ގެނެސްދޭ ބޭންކަކަށެވެ.
ވިސާ އިންފިނިޓް ކާޑްހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި
ވީއައިޕީ ސްޓޭޓަސް އާއި އިންޓަރނޭޝަނަލް އެއާޕޯޓްތަކުގައި ފަސޭހަ އަދި ފުރިހަމަ ޚިދުމަތެއްވެސް
ލިބޭނެއެވެ. މީގެ ތެރޭގައި ފާސްޓް ޓްރެކް އިމިގްރޭޝަން، ޕަރސަނަލައިޒްޑް މީޓް އެންޑް
އެސިސިސްޓް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ޕްރިމިއަމް ލައުންޖްތަކަށް
އެކްސެސް ލިބުމާއެކު، ޕްރަޔޯރިޓީ ރިސަރވޭޝަން ޚިދުމަތްތަކާއި، ޝެފް ޓޭބަލް އިވެންޓުތަކާއި
އާޓް ޝޯ އަދި ކޮންސަރޓްތަކަށް ހާއްސަ އެކްސެސް އަދި ހިލޭ ގޮލްފް ކުޅުމާއި ސްޕާގެ އެންމެ
ފުރިހަމަ ޚިދުމަތްތަކާއި އެލީޓް ކްލަބް މެމްބަރޝިޕް ލިބޭނެއެވެ. އަދި މުނިފޫހިފިލުވުމަށް
ޕްރިމިއަމް ސަބްސްކްރިޕްޝަންތަކާއެކު ފުޑް ޑެލިވަރީ އާއި އެންމެ ކުރިއަރާފައިވާ އޭއައި
އެޕްތަކުގެ ޚިދުމަތްތަކާއެކު، ޑިޖިޓަލް ޚިދުމަތްތައްވެސް ލިބޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު
ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ ކަސްޓަމަރުންނަށް ޕްރިމިއަމް ބޭންކިންގ ޚިދުމަތެއް ފޯރުކޮށްދިނުމަށް
މި ކާޑު ތައާރަފްކުރުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.
"މި ކާޑުން ކަސްޓަމަރުންނަށް ހާއްސަ އެކްސްކްލޫސިވް
ބެނެފިޓްތަކަކާއި ކަސްޓަމަރުންގެ ލައިފްސްޓައިލްއާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ލަގްޒަރީ
ޚިދުމަތްތައް ލިބޭނެ. މި ކާޑު ރާއްޖެ އަށް ތައާރަފުކުރުމުން ދައްކުވައިދެނީ ރާއްޖޭގެ
މުޖުތަމައަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތައާރަފްކުރުމަށް ބޭންކުން ދޭ
އަހުމިއްޔަތުކަން."
ޝަރީފް ވިދާޅުވިއެވެ.
ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ
ކަންޓްރީ މެނޭޖަރ، އަވަންތި ކޮލަމްބަގެ ވިދާޅުވީ، ރާއްޖެއަށް އިންފިނިޓް ކާޑު ތައާރަފްކުރުމަކީ
ލިބޭ އުފަލެއް ކަމަށާއި މި ކާޑުން އެހެން އެއްވެސް ކާޑަކުން ނުލިބޭ ފައިދާ އާއި ބައިނަލްއަގުވާމީ
ޕްރިވިލެޖްތަކާއި އަދި ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.
"ރާއްޖޭގެ ފުރަތަމަ މެޓަލް ކާޑު، ވިސާ އިންފިނިޓް
ކާޑުން ޕްރިމިއަމް ޑިޖިޓަލް ތަޖުރިބާގެ އާ ބެންޗްމާކެއް މި ކަނޑައެޅުނީ، މިއީ ރާއްޖޭގެ
ކަސްޓަމަރުން ވެސް ހާއްސަ ލަގްޒަރީ ޚިދުމަތަކަށް
ބޭނުންވުން އިތުރުވަމުންދާ ކަމުގެ ހެއްކެއް. މި ކާޑު ރާއްޖެއަށް ތައާރަފްކުރުމަކީ ކަސްޓަމަރުންގެ
ބޭނުންތަކަށް އީޖާދީ ޚިދުމަތްތަކެއް ދިނުމަށް ވިސާއިން ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ
ކަމެއް. މިއީ ހަމައެކަނި ކާޑެއް ނޫން. މިއީ ލަގްޒަރީ ތަޖުރިބާތަކެއް ކުރުމަށް ހުޅުވާލެވޭ
ދޮރެއް." އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި
ބީއެމްއެލްއިން އަދާކުރާ އިސް ދައުރު، މި ކާޑާއެކު އަނެއްކާވެސް ފުޅާވެގެންދާނެއެވެ.
2002 ވަނަ އަހަރު ވިސާގެ ކާޑުތައް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކުރީވެސް ބީއެމްއެލްއިންނެވެ.
އަދި މިދިޔަ އަހަރު، ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑު ވަނީ
ތައާރަފްކޮށްފައެވެ. ކްލަސިކް، ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް
ޑެބިޓް އަދި ދާދި ފަހުން ތައާރަފްކުރި ޕްލެޓިނަމް ކާޑާއެކު ވިސާގެ ޑެބިޓް ކާޑުތައްވެސް
ބޭންކުން އަންނަނީ ދޫކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް