ސަރުކާރުގެ އަމާޒަކީ މަސްވެރިން އިތުރަށް ޒަމާނީކުރުން: ރައީސް ޑރ. މުއިއްޒު

ދިވެހިރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާކޮށް މަސްވެރިން ޒަމާނީކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މަސްވެރި...

10 Dec 2025 | 04:05
N/A

N/A

ދިވެހިރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާކޮށް މަސްވެރިން ޒަމާނީކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މަސްވެރިންގެ ދުވަހާއި ގުޅިގެން އެކްސްގައި މިއަދު ކުރެއްވެވި ޕޯސްޓެއްގައެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި. އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި. ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން. ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން. ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން. މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުން.މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް މި ދަންނަވަނީ، މާތްﷲގެ ތަނަވަސް ރަޙްމަތާައި މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދި ދުޢާކުރަމުން.

ރައީސް ވިދާޅުވިއެެވެ.

މި ސަރުކާރުން މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ކައިރިން ބަލައި އެކަކަން ހައްލު ކުރުމަށް ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މަސްވެރިންގެ އެންމެ ގިނަ ދުވަސްވީ ޝަކުވާ، ކިރާ މަހަށް ފައިސާ ލިބުން ލަސްވުމުގެ މައްސަލަވެސް މިހާރު ވަނީ މި ސަރފުކާރުން ހައްލެއް ގެނެސްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް