މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 34 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 15 މީހުންނާއި އަތޮޅުތެރެއިން 9 މީހުންނާއި ހިންގަމުން އަންނަ ރިސޯޓުތަކުން 10 މީހެއް ކަމަށެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 13،308 މީހުން ފައްސި ވެފައިވެއެވެ.
މިއަދު 30 މީހަކު މި ބަލިން ރަނގަޅުވެފައިވާއިރު، ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ އަދަދު ވަނީ 12،621 އަށް އަރާފައެވެ. ކޮވިޑް-19 ގައި މިހާތަނަށް 47 މީހަކު ވަނީ ނިޔާވެފައެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 66 މީހުންނެވެ. ކޮވިޑް-19 ގައި މިހާތަނަށް 47 މީހަކު ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް