ބައެއް ކަހަލަ ވަޒީފާތައް އަދާ ކުރާ މީހުންނަކީ ވަޒީފާގެ ގޮތުން ވަރަށް ގިނައިން އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރަން ޖެހޭ ބައެކެވެ. އެގޮތުން މާގިނައިން މިގޮތަށް ދަތުރު ކުރުމަކީ ބައެއް ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތި ކުރުވާ ކަމެކެވެ.
މިކަމާއި ގުޅިގެން ހެދި ދިރާސާއެއްގައި ބުނާގޮތުން މާ ގިނައިން ދަތުރު ކުރަން ޖެހުމަކީ ޑިޕްރެޝަންގެ އިތުރަށް ސިއްހީ ބައެއް ކަހަލަ މައްސަލަ ކުރިމަތިކޮށްފާނެ ކަމެކެވެ.
އެގޮތުން ދަތުރުތައް ކުރަން ޖެހުމުގެ ސަބަބުން މާހައުމަށް އަންނަ ބަދަލުތަކާ އެކު މީހާގެ އާންމު ދިރިއުޅުމުގެ ބައެއް ކަންކަމަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.
ދިތާސާގައި ބުނެފައިވާ ގޮތުން ދަތުރު ކުރުމުން ދިމާވާ ސިއްޚީ މައްސަލަ ތަކުގެ ތެރޭގައި ހާސްވުމާއި ނިދަން އުނދަގޫވުން ފަދަ މައްސަލަތައް ހިމެނެ އެވެ.
މި ކަހަލަ ބައެއް ބަދަލުތަކާ މީހާގެ މޫޑަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ހެދި ޑިޕްރެޝަނަށް ދިއުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.
ކޮލަމްބިއާގެ ޔުނިވަސިޓީއަކުން ހެދި މި ދިރާސާގައި ބުނާގޮތުން މި ކަހަލަ މައްސަލަތަކާ ހެދި ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާ ކުރާ މީހުން ވެސް އާންމުކޮށް ދަތުރު ކުރަން ޖެހޭ ނަމަ، ސިއްހީ ގޮތުން އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅުތައް އަޅައިގެން ދަތުރުތަކަށް ނިކުތުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް