ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ އިތުރު ކެންޑިޑޭޓުންތަކެއްގެ ނަން އަނބުރާ ނަގައިފި އެވެ.
ކައުންސިލްތިހާބު ބޭއްވުމަށް މަސައްކަތް ކުރަނީ އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ. މިހާތަނަށް އެ އިންތިހާބުގައި ވާދަކުރާ 100 އަށްވުރެ ގިނަ ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އިތުރު12 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަސް ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވާދަކުރާ ހަތް ކެންޑީޑޭޓެކެވެ.
މިއަދު ނަން އަނބުރާ ނެގިކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ވެރިކަންކުރާ އެމްޑީޕީގެ ދެ ކެންޑިޑޭޓަކާއި އިދިކޮޅު ޕީޕީއެމްގެ ތިން ކެންޑޭޓެކެވެ. ދެން ހިމެނެނީ އެމްޑީއެންގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ހަ ކެންޑިޑޭޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް