ކޯވިޑުން އަރައިގަތުމަށް މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް އިތުރު ކުރަންޖެހޭ؛ ރައިސް

ކޯވިޑް-19 އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް އިތުރުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖ...

10 Dec 2020 | 11:34

ކޯވިޑް-19 އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް އިތުރުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި އެވެ. ރައީސް ވަނީ ދުވަހުގެ ތަހުނިޔާ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކޮށްފައި އެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގައި އެންމެ ފުޅާ އިގްތިސާދީ ވަސީލަތަށް ހަދަން ޖެހިއްޖެ ކަމަށެވެ. އަދި ކޯވިޑް-19 އިން ރައްކާތެރިވާން އިގްތިސާދީ ހަރަކާތްތައް ހުއްޓުނު ދުވަސްވަރު ވެސް މަސްވެރިކަން އެއްކޮށް ނުހުއްޓޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ޑައިވަސިފައި ޖެހޭ ކަމަށާއި އެކަމުގެ ތެރޭގައި މަސްވެރިކަމުގެ އުފެއްދުންތައް ފުޅާކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރަން އަންނަ އަހަރުގެ ތެރޭގައި ކުރަން ނިންމާފައިވާ މަސައްކަތުގެ ތެރޭގައި މަސް ގަންނަ އިތުރު ފެސިލިޓީއެއް ގާއިމްކުރުމާއި ހަތް އައިސް ޕްލާންޓެއް ހެދުން ހިމެނޭ ކަމަށެވެ. އަދި މެރިކަލްޗާގެ ޒަރިއްޔާ އިން ވެސް މި ދާއިރާ ފުޅާކުރަން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް