ގަތަރް އެއާވޭސްއިން ރާއްޖެއަށް ދުވާލަކު ތިން ދަތުރު ކުރަން ފަށައިފި

ގަތަރް އެއާވޭސްއިން ރާޢްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރު ކޮށްފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށ...

10 Dec 2020 | 08:12

ގަތަރް އެއާވޭސްއިން ރާޢްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރު ކޮށްފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށީ އެ އެއާލައިނުންނެވެ. ޖުލައި 15 އިން ފެށިގެން އެއާލައިނުން ރާއްޖެއަށް ކުރަމުން އަންނަނީ ދުވާލަކު ދަތުރެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއަދުން ފެށިގެން އެއާލައިނުން ކޮންމެ ދުވަހަކު އިތުރު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެމްއޭސީއެލްއިން ބުނީ މިގޮތަށް ނިންމުމުން އެއާލައިން މެދުވެރިކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށެވެ.

ގަތަރް އެއާވޭސްގެ ދަތުުރުތައް ރާއްޖެއަށް އިތުރު ކުރަން ނިންމީ އެ އެއާލައިން މެދުވެރިކޮށް ރާއްޖެ އަންނަ ޓޫރިސްޓުންްގެ އަދަދު އިތުރުވަމުން އަންނާތީކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ. އަދި މިމަހަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބާރުބޮޑުވާނެ ދުވަސްވަރަކަށް ވާތީ ދަތުރުތަކުގެ ޑިމާންޑު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެ އެވެ.

https://twitter.com/MACLmedia/status/1336719070289297408

އަލުން ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް ޓޫރިސްޓުންގެ އަދަދު ދަނީ އެއް މަހުން އަނެއް މަހަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު ކޮންމެ ދުވަހަކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 3،000 އަށްވުރެ އިތުރު ކަމަށް އެމްއޭސީއެލްއިން ކުރިން ބުނެފައިވެ އެވެ.

މިހާރު ރާއްޖެއަށް 20 އެއާލައިނަކުން ދަނީ ޝެޑިއުލް ދަތުރުތައް ކުރެ އެވެ. އަދި މި މަހުގެ ތެރޭގައި އިިތުރު އެއާލައިންތަކެއްގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް