ފިޔާގެ ތޮށްޓަކީ ގިނަ ބަލިތަކަށް ހުރި ފަރުވާއެއް

ފިޔާގެ ތޮށްޓަކީ ވެސް ބޭނުން ނުކޮށް ބޭކާރު ގޮތުގައި ދޫކޮށްލެވޭވަރުގެ އެއްޗަކަށް ނުވިއެވެ. ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ފިޔާގެ ތޮށްޓަކީ ސިއްޚީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ. އެގ...

10 Dec 2020 | 08:01

ފިޔާގެ ތޮށްޓަކީ ވެސް ބޭނުން ނުކޮށް ބޭކާރު ގޮތުގައި ދޫކޮށްލެވޭވަރުގެ އެއްޗަކަށް ނުވިއެވެ. ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ފިޔާގެ ތޮށްޓަކީ ސިއްޚީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ. އެގޮތުން ފިޔާގެ ތޮށީގައި ހިމެނޭ ކުއަސެޓިންގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދީ އެއްވަރެއްގައި ހިފަހައްޓައިދެ އެވެ. އަދި ލޭ ހޮޅިތައް ބެދުމުން ސަލާމަތްކޮށްދެ އެވެ. މިއީ ހިތުގެ ބަލިތައް ޖެހުމުން ދުރުވުމަށް ބޭނުން ކުރަން ވެސް އެންމެ ރަނގަޅު އެކައްޗެކެވެ.

މީގެ އިތުރުން ވެސް ހަށިގަނޑުގައި ހިމެނޭ އެލްޑީއެލް ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ، އެލާޖީތަކަށް ދުރުކޮށްދެ އެވެ. އަދި ހަށިގަނޑުގެ ފިނި ހޫނިމިން އެއްވަރެއްގައި ހިފަހައްޓައިދީ ހަށިގަނޑުގެ މަސްތައް ރަނގަޅަށް ހަރަކާތްތެރިވެ ހެދި ބޮޑުވާން ފަސޭހަކޮށްދެ އެވެ. މީގެ އިތުރުން ވެސް ފިޔާގެ ތޮށްޓަކީ ޑިޕްރެޝަން އަށް ފަރުވާ ކުރާ މީހުންނަށް ވެސް އޮތް ހައްލެކެވެ.

ފިޔާގެ ތޮށްޓަކީ އިސްތަށި ފޭބުމާއި ހަންފޮޅުމަށް ވެސް އޮތް ފަރުވާ އެކެވެ. ހޫނުފެނުގައި ރަނގަޅަށް ފިޔާގެ ތޮށިތައް ކައްކާލުމަށްފަހު އެފެނުން ރަނގަޅަށް މަސާޖުކޮށްލާވެ. މިއީ ބޮލުގައި ލޭ ދައުރުވުން އިތުރުކޮށްދީ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަމެކެވެ.

ފިޔާގެ ތޮށީގެ ފައިދާ ބޭނުން ކުރެވިދާނެ ގޮތްތަކެއްވެސް ސިއްޚީ މާހިރުން ވަނީ ބަޔާންކޮށްދީފައިވެއެވެ. އެގޮތުން އެއްޗެއް ކައްކާއިރު، ފިޔާގެ ތޮށި އެޅިދާނެއެވެ. އަދި 15 ނޫނީ 20 މިނެޓު ވަރު ވަންދެން އެ އެއްޗެއް ރަނގަޅަށް ކައްކާލާށެވެ. އޭގެ ފަހުން ތޮށިތަށް ނަގާށެވެ. އޭރުން އެ ތޮށިތަކުގައި ހުރި ހުރިހާ ފައިދާ އެއް ހުންނާނީ އެ ކެއްކި އެއްޗެއްގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް