އެ ޕާކުތަކަށް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން އެޗްޑީސީއިން ކުރިއަށްގެންދާނެ - ފޮޓޯ: އެޗްޑީސީ
ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު
ތަރައްގީކުރުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް
ވޯކްސް އާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި، މިނިސްޓްރީ އޮފް ސިޓީސް،
ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގައި މިއަދު ބޭއްވި ހާއްސަ
ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ
ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ.
އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ފައިނޭންސް
އެގްޒެކެޓިވް މުހައްމަދު ސަރާޙްއެވެ.

އެޗްޑީސީއިން
ބުނެފައިވާގޮތުގައި މި އެއްބަސްވުމުގެ ދަށުން ދ، ށ، ނ، ތ، ލ، ގއ، ރ، ބ، ހއ،
ހދ، ވ، ގދ އަދި ށ. އަތޮޅުގެ ޖުމްލަ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު
ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާނެއެވެ.
"މި ރަށްތަކުގައި
ޕާކު ތަރައްގީކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް
އެޗްޑީސީން ކުރާނެ" އެޗްޑީސީއިން ބުނެފައިވެއެވެ.

އެޗްޑީސީގެ އަމާޒަކީ، ސަރުކާރުގެ މިފަދަ ޕްރޮޖެކްޓުތަކަށް
އެއްބާރުލުން ދިނުމާއެކު، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި
އަދި ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް މިފަދަ ގިނަ މަޝްރޫއުތައް
ކުރިއަށްގެންދިއުން ކަމުގައިވެސް އެޗްޑީސީއިން
ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް