ކޯވިޑް-19 އަށް 21 މީހަކު ޕޮސިޓިވް ވެއްޖެ

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ21 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުގައި ބުނެފައިވަނީ މާލެއިން މިއަދު ޕޮސިޓިވް...

10 Nov 2020 | 18:50

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ21 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުގައި ބުނެފައިވަނީ މާލެއިން މިއަދު ޕޮސިޓިވްވީ 15 މީހުން ކަމަށެވެ. އަތޮޅު ތެރެއިން ހަ މީހަކު ކޯވިޑަށް ޕޮސިޓިވް ވި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،492 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 800 މީހުންނަށެވެ. އޭގެ ތެރެއިން 47 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު 210 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައި އެވެ.

މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 11،182 ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިހާތަނަށް ބަލި ޖެހިފައިވަނީ 12،030 މީހުންނަށެވެ. އޭގެ ތެރެއިން 41 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް