ކޮވިޑް ޖެހިގެން ރާއްޖެއިން މީހަކު އިތުރު މަރު ވެއްޖެ އެވެ.
މިއާއެކު ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ ޢަދަދު މިވަނީ41 އަށް އަރާފަ އެެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ، ދިވެހި އަންހެނެކެވެެ. އޭނާ އަކީ ކިޑްނީ ބައްޔަށް ވެސް ފަރުވާ ހޯދަމުން އަންނަ މީހެކެވެ.
މިއީ މި ހަފްތާ ތެރޭ ކޮވިޑް ޖެހިގެން މަރުވި ދެވަނަ މީހާއަށްވާއިރު، އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މީހަކު މަރުވީ މިދިޔަ އާދިއްތަ ދުވަހު އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް