ފަލަސްތީނުގެ އުރައިގަތު ކޮވިޑް ބަލީގައި އަވަހާރަވެއްޖެ

ފަލަސްތީނުގެ އުރައިގަތު ކޮވިޑް ބަލީގައި އަވަހާރަވެއްޖެ އެވެ. ޕީއެލްއޯގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ އުރައިގާތު އުމުރުން 65 ގައި އަވަހާރަވީ ގުދުސްގައި ހުންނަ އިޒްރޭލުގެ ހޮސްޕިޓަލެއްގައި ފަރުވ...

10 Nov 2020 | 10:31

ފަލަސްތީނުގެ އުރައިގަތު ކޮވިޑް ބަލީގައި އަވަހާރަވެއްޖެ އެވެ.

ޕީއެލްއޯގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ އުރައިގާތު އުމުރުން 65 ގައި އަވަހާރަވީ ގުދުސްގައި ހުންނަ އިޒްރޭލުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނުގެ ފަރާތުން އެންމެ ވަރުގަދަ އަށް ވަކާލާތު ކުރައްވައި ސާއިބް އުރައިގާތަކީ ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އަދި މިހާރުގެ ރައީސް މަހްމޫދު އައްބާސްގެ ސީނިއަރ އެޑްވައިޒަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާއަށް ކޮވިޑް ޖެހިގެން ފަރުވާ ދޭން ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި ގުދުސްގެ ހަދައްސާހު އެއިން ކެރެމް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

1991 ވަނަ އަހަރުން ފެށިގެން ފަލަސްތީނާއި އިޒްރޭލާ ދެމެދު ބޭއްވި ހުރިހާ މަޝްވަރާތަކެެއްގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފަ އެވެ.

އުރައިގާތު ވަނީ 2017 ވަނަ އަހަރު އެމެރިކާގައި ފުއްޕާމޭ ބަދަލުކޮށްފަ އެވެ. އެ އޮޕަރޭޝަންކޮށްފައި ވަނީ އެމެރިކާގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް