ހަ މިލިއަން ރުފިޔާ ހޯދަން ގާސިމްއާ ދެކޮޅަށް ޖާބިރު މައްސަލަ ހުށަހަޅުއްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީީމް އާ ދެކޮޅަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު ސިވިލް ކޯޓައް މައްސަލައެއް ހުށަހަޅައިފި އެވެ. ޖާބިރު ހުށަހެޅުއްވި ...

10 Nov 2020 | 09:17

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީީމް އާ ދެކޮޅަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު ސިވިލް ކޯޓައް މައްސަލައެއް ހުށަހަޅައިފި އެވެ.

ޖާބިރު ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފަ ވަނީ، ފަހުން ދޭނެ ކަމަށް ބުނެ ގާސިމް އޭނާގެ އަތުން އެއް މިލިއަން އެމެރިކާ ޑޮލަރު ނެންގެވި ކަމަށެވެ. އަދި އެ ފައިސާ އަދާކުރުމުގެ ގޮތުން އެ އަދަދަށްވާ ޗެކެއް ދެއްވާފައިވާއިރު، އެ ފައިސާ ދިވެހި ރުފިޔާ އަދާކުރުމަށްޓަކައި 15.42 ރުފިޔާގެ ރޭޓުން 65،000 އެމެރިކާ ޑޮލަރު (އެއް މިލިއަން ދެ ހާސް ތިން ސަތޭކަ ރުފިޔާ) އަނބުރާ ނުދެއްވާ ގާސިމް ހިފަހައްޓާފައިވާ ކަމަށެވެ.

އަދި ގާސިމް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މެދުވެރި ކުރައްވައި އޭނާގެ އަތުން އިތުރު ފަސް މިލިއަން ދިވެހި ރުފިޔާ ހޯދާފައި ކަމަށެވެ. އަދި އެ ފަސް މިލިއަން ރުފިޔާ ވެސް ގާސިމް އަނބުރާ ދީފައިނުވާ ކަމަށް ޖާބިރު ހުށަހެޅި މައްސަލާގައި ބުނެފައި ވެ އެވެ. އެހެންކަމުން ގާސިމް ނަންގަވާފައިވާ ޖުމްލަ ފަސް މިލިއަން ދެ ހާސް ތިން ސަތޭކަ ރުފިޔާ ހޯދައި ދިނުމަށް، ޖާބިރު ވަނީ ސިވިލް ކޯޓުގައި އެދިފައި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވެސް އޭނާގެ އަތުން 25 މިލިއަން ރުފިޔާ ނެންގެވުމަށްފަހު އެ ފައިސާ އަނބުރާ ދައްކަމުން ނުދާ ކަމަށް ޖާބިރު ވަނީ ތުހުމަތުކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް