ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އިން ފާސްކޮށްފި އެވެ.
މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައިި ނަސީމަށް ރުހުން ދިނުމަށް ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ނަސީމަށް ރުހުން ދިން ކަމުގެ ރިޕޯޓެއް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ކޮމިޓީއިން ފޮނުވާނެ އެވެ.
ނަސީމަށް ރުހުން ދިން ކަމަށް ފާސްވާނީ އެ ކޮމިޓީ ރިޕޯޓަށް ތަޅުމުގައި ބަހުސް ކުރެއްވުމަށް ފަހު، ތަޅުމުގައި ނަގާ ވޯޓުންނެވެ. ގާނޫގައި އޮންނަ ގޮތުން ކެބިނެޓަށް މިނިސްޓަރަކު އައްޔަން ކުރެއްވުމަށްފަހު، އެ މިނިސްޓަރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހެ އެވެ.
ހެލްތު މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް