ޕޮމްޕެއޯގެ ދަތުރުފުޅުގެ ހުރިހާ ތަފްސީލެއް ހާމަކުރަން ޝިޔާމު ގޮވާލައިފޮ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ  ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަޑި ނޭނގޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންތަކުގެ ހުރިހާ ތަފްސީލެއް ހާމަ ކޮށްދޭން ނައިފަރު ދާއިރާގެ ...

10 Nov 2020 | 08:39

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ  ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަޑި ނޭނގޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންތަކުގެ ހުރިހާ ތަފްސީލެއް ހާމަ ކޮށްދޭން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައިފި އެވެ.

ނައިފަރުގެ ފެނާއި ނަރުދަމާ ގެ މަސައްކަތް ނުނިމި އެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި ދަތިތައް ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ގަރާރު ހުށަހެއްޅުވުމުގެ ކުރިން،  ޝިޔާމް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެމެރިކާ ސަރުކާރުގެ އިސް ބޭފުޅަކު  ވަޑައިގެންނެވުމުން ދިވެހި ރައްޔިތުންނަށް އެނގެންޖެހޭނެ އެތަކެއް ބައިވަރު ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ޕްމްޕެއާ ރާއްޖެ ވަޑައިގެންނެވި ދުވަހު ސިއްހީ ފަރުވާ ހޯދަމުންދާތީ އެ ދަތުރުފުޅުގެ ކަންބޮނޑުވުންތަށް އެ ދުވަހު ހިއްސާ ނުކުރެވުނީ ކަމަށެވެ. އަދި 16 އަހަރު ފަހުން ރާއްޖެ ވަޑައިގަތީމަ އެ ދަތުރުފުޅުގައި އަސަރުތަކެއް ހުންނާނެ ކަމަށެވެ.

"ރާއްޖެފަދަ ކުޑަ ގައުމަކަށް ދުނިޔޭގެ މިހާ ބޮޑު ގައުމެއްގެ މިހާ ވަރުގަދަ ބޭފުޅަކު މިވީ 16 ވަރަކަށް އަހަރުގެ ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުވީމާ، އެ ދަތުރުފުޅުގައި ހަމަ ޔަގީނުން ވެސް އަސަރުތަކެއް ހުންނާނެ" ޝިޔާމް ވިދާޅުވި އެވެ.

ޕޮމްޕެއާގެ ދަތުރުފުޅަކީ ރާއްޖޭގެ މިނިވަންކަން ޒާތަކަށް ގެއްލުނު ވަގުތުކޮޅެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. ޕްމްޕެއާ ވަނީ ރާއްޖޭގައި ހަތް ގަނޑިއިރު ހޭދަކޮށްފަ އެވެ.

އެ ހަތް ގަނޑިއިރު ތެރޭގައި ޕްމްޕެއާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާފަ އެވެ. ޕްމެޕެއާގެ އެ ދަތުރު ފުޅަކީ އިންޑޯ ޕެސިފިކް އެލިއަންސް އާ ގުޅުން ހުރި ދަތުރެކެވެ. އިންޑޯ ޕެސިފިކް އެލިއަންސައަކީ އިންޑިއާ ކަނޑުގައި ޗައިނާ ބާރު ކުޑަ ކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ އާ މަސްވަރާ ކުރެއްވުމަށްފަހު އުފެއްދި މިލިޓަރީ ކޯލިޝަން އެކެވެ. އެ ކޯލިޝަންފައި މެދު އިރުމަތީގެ ބައެއް ގައުމުތަކުގެ އިތުރުން އީސްޓް އޭޝިއާގެ ގައުމުތަށް ހިމެނެ އެވެ.

ދިވެހި ސަރުކާރުން ޕޮމްޕެއާގެ ދަތުރުފުުޅުގެ މައުލޫމާތު ދެއްވަމުން ބުނީ، އެ ދަތުރުފުޅުގައި ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައި ވާނެ ކަމަށެވެ.އެގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަގުވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި  ތިމާވެށި ހިމާޔަތްކުރުމާއި، ސައިބާ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަހައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

ޕޮމްޕެއާ އާއި ޝާހިދު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮމްޕެއާ ވިދާޅުވެފައިވަނީ، އިންޑޯ-ޕެސިފިކް ސަަރަހަައްދުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ މުހިއްމުކަން އަންނަނީ އިތުރުވަމުން ކަމަށް ވުމުން،  ރާއްޖޭގައި އެމެރިކާ އެމްބަސީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް