ކިމިޗަށް އަނިޔާގެ މައްސަ ކުރިމަތިވެ ކުޅުމާ ދުރަށްދާން ޖެހިއްޖެ

ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކަށް ކުޅެމުންއަންނަ އެޓީމުގެ އިތުބާރު ޑިފެންޑަރު ޖޯޝުއާ ކިމިޗަށް އަނިޔާވެ ޖެނުއަރީ މަހުގެ ނިޔަލަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ. ކިމިޗަށް އަނިޔާވީ ޖަރުމަން ލީގުގަ...

10 Nov 2020 | 08:34

ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކަށް ކުޅެމުންއަންނަ އެޓީމުގެ އިތުބާރު ޑިފެންޑަރު ޖޯޝުއާ ކިމިޗަށް އަނިޔާވެ ޖެނުއަރީ މަހުގެ ނިޔަލަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ކިމިޗަށް އަނިޔާވީ ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ބޮރޫޝީއާ ޑޯޓްމުންޑް އަތުން 3-2 ން ބަޔާން މޮޅުވި މެޗުގައި އޭނާގެ ކަކުލަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކިމިޗަށް އަނިޔާގެ މައްސަ ކުރިމަތިވެ ދަނޑުން ބާލަން ޖެހުނު އިރު، އޭނާއަށް ލިބުނު އަނިޔާ އަކީ ސީރިއަސް އަނިޔާއެއް ކަމުނަށް ކުލަބުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި އަނިޔާއާއި ގުޅިގެން މިހާރުވަނީ ކަކުލުގެ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ބަޔާންއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން ކިމިޗްގެ ކަކުލު އޮޕަރޭޝަން ކާމިޔާބެވެ. ނަމަވެސް އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަސަތެރޭގައެވެ.

ކިމިޗަށް ލިބުނު މި އަނިޔާގެ ސަބަބުން ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުން މި މަހު ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގައި ޔޫކްރޭން އަދި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުތަކުގައިވެސް ކިމިޗަށް ނުކުޅެވޭނެއެވެ.

މި ސީޒަނުގައި ބަޔާނުން ކުޅުނު ހުރިހާ މެޗެއްގައިވެސް ކިމިޗް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އެގޮތުން އެޓީމާއި އެކު ކުޅުނު ހުރިހާ މެޗެއްގައިވެސް މިކިޗް ވަނީ މޮޅުކުޅުމެއް ދައްކާފައެވެ.

2015 ވަނަ އަހަރު އާރްބީ ލެއިޕްޒީގުން ބަޔާނާ ގުޅުނު ކިމިޗް ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 233 މެޗުގައި 27 ލަނޑު ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް