އަންހެން ކަނބަލުން ޒީނަތްތެރި ވުމަށްޓަކައި ލިޕްސްޓިކް ބޭނުން ކުރަމުން އަންނަތާ މިހާރު ގާތްގަނޑަކަށް 500 އަހަރަށް ވުރެ ގިނަ ވެދާނެ އެވެ. މި މުއްދަތުގެ ތެރޭގައި އަންހެނުންގެ ހިތްތަކުގައި މިއަށްވަނީ ވަރަށް ބޮޑު ލޯތްބެއް އުފެދިފަ އެވެ.
މިކަމުގެ އެއް ހެއްކަކީ، ރީތިވާ ސާމާނު ލިބުމަށް ދަތި ދުވަސްވަރެއް ކަމުގައިވި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އިނގިރޭސިވިލާތުގެ އަންހެނުންނަށް އެންމެ ބޮޑު އުނިކަމެއް ލިބުނީ ރީތިވާ ސާމާނުގެ ތެރެއިން ވެސް ލިޕްސްޓިކް ނުލިބުމުންނެވެ. ކަން މިހެން ހުރި އިރު ލިޕްސްޓިކް ގެ ޑިމާންޑު އިންތިހާއަށް ބޮޑުކަން ފާހަގަ ކުރެވެއެވެ. ދުނިޔޭގެ އާބާދީގެ 63 އިން ސައްތަ އަންހެނުން ލިޕްސްޓިކް ގެ ބޭނުން ކުރާކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މި ކަމަމުގެ ނުރައްކާތެރިކަން އެނގެނީ ކިތަށް މީހުންނަށް ބާއޭ މިއީ ކުރެވޭ ސުވާލެކެވެ. ނަމަވެސް ބައެއް ދިރާސާތަކުން އެނެގޭ ގޮތުގައި ލިޕްސްޓިކް ބޭނުންކުރާ ގިނަ މީހުންނަށް މިކަމުގެ ނުރައްކާތެރިކަން ނޭންގެއެވެ.
ލިޕްސްޓިކް ބޭނުން ކުރާ ގިނަ މީހުން ދެކޭ ގޮތުގައި ލިޕްސްޓިކް ބޭނުން ކުރުން ވެފައިވަނީ މޫނުމަތީގެ ރީތިކަމާއި ފުރިހަމަކަން ގެނައުމަށާއި އެހެން މީހުންގެ ސަމާލުކަން އަތުލުމަށް ފަސޭހަ އަދި އަވަސް ގޮތެއް ކަމުގަ އެވެ. ނަމަވެސް މިފަދައިން ޒީނަތްތެރި ވުމަށް ލިޕްސްޓިކް ޖައްސާ މީހުންނަށް ދެނެގަނެވިފައިނުވާ ކަމެއް އެބައޮތެވެ. ޕިސްޓިކްގައި އެކުލެވޭ ވިހަ ކެމިކަލް ތަކުން ދިމާވާ ސިއްޚީ މައްސަލަތަކުގެ ވާހަކަ އެވެ.
ވޯލްޑް ޖާނަލް އޮފް ފާމަސޫޓިކަން އިން ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އަންހެން ކަނަބަލުން އާންމުކޮށް ބޭނުން ކުރަމުންގެންދާ ލިޕްސްޓިކް ގައި ވިހަ ކެމިކަލް މާއްދާއެއް އެކުލެވެއެވެ. އެ ކެމިކަލްގެ ސަބަބުން ސައިޑް އިފެކްޓްސް އިންތިހާއަށް ބޮޑު ކަމަށް ދައްކައެވެ.
މިދިރާސާއިން އެނގުނު ގޮތުން ތުންފަތުގައި ޖައްސަން ބޭނުންކުރާ ލިޕްސްޓިކްގެ ބާވަތް ތަކުގައި ލީޑްސް ނަކަމަށް ކިޔާ ކެމިކަލްގެ ބާވަތެއް ގިނަ އަދަދަކަށް އެކުލެވެއެވެ. އެހެން ކަމުން މި ކެމިކަލް ގިނަ އަދަދަކަށް އެކުލެވިގެން ވުމުގެ ސަބަބުން އެ ބޭނުންކުރާ މީހުންގެ ހަށިގަނޑުގައި ދައުރުކުރާ ލޭގެ ޕީބީ ލެވެލް ބިރުގަންނަ ދަރަޖައަށް މަތިވެގެން ގޮސް ސިއްޚީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެއެވެ.
މި ދިރާސާގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި އާންމުކޮށް ބޭނުންކުރާ ލިޕްސްޓިކް ތަކުގައި ހިމެނޭ މި ކެމިކަލް މާއްދާގެ ސަބަބަުން އެ ބޭނުން ކުރާ މީހުންގެ ކިޑްނީ ފެއިލް ވުމުގެ ފުރުސަތު ބޮޑެވެ. އަދި އޭގެ ސަބަބުން ލޭގައާއި ހަށިގަނޑުގައި ޖަރާސީމުގެ މިންވަރު އިތުރު ވެ ހަށިގަނޑުގެ ދިފާއީ ހަކަތައިގެ ބާރުދެރަވެ ކިޑްނީ ފެއިލް ވުމާއި ކެންސަރަށް މަގުފަހި ވުމުގެ އިތުރުން ރިޕްރޮޑަކްސަން ސިސްޓަމަށް ވެސް މައްސަލަ ދިމާވާ ކަމަށް މި ހޯދުންތަކުގައި ބުނެފައިވެއެވެ. މީގެ އިތުރުން ލޮލުގެ މައްސަލަތަށް ކުރިމަތި ވުމާއި ހަމުގެ މައްސަލަތައް ވެސް ކުރިމަތިވާ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
ދިރާސާގައި ވާގޮތުން ވިހަ ކެމިކަލް ލީޑްސް އެންމެ ގިނައިން އެކުލެވިގެން ވަނީ ފިޔާތޮށި ކުލައާއި ރަތްކުލަ އަދި ބްރޯން ކުލައިގެ ލިޕްސްޓިކްގައެވެ. އެހެން ކަމުން މިބާވަތުގެ ލިޕްސްޓިކް ބޭނުން ކުރުމުން ދުރުވުމަކީ މުހިންމު ކަމެއް ކަމުގައި މި ދިރާސާގައި ބުނެފައިވެއެވެ.
އިންޑިއަން ޖާނަލް އޮފް އެޕްލައިޑް އިން ހެދި ދިރާސާއެއްގައި ދައްކާ ގޮތުން ވެސް ލިޕްސްޓިކް އަކީ ސިއްޚީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވާ އެއްޗެކެވެ. އިންޑިއަން ޖާނަލް އޮފް އެޕްލައިޑްއިން މި ދިރާސާ ހަދާފައިވަނީ އިންޑިއާގެ ބާޒާރުގައި ވިސްކަން ހުންނަ ވައްތަރުތަކަށް ރިއާޔަތް ކޮށެވެ. އެގޮތުން އިންޑިއާ ބާޒާރުން ލިބެން ހުންނަ އެކި ބްރޭބްޑުތަކުގެ ލިޕްސްޓިކް ބޭނުން ކޮށްފައިވެއެވެ. އެގޮތުން ލީޑްސް އެންމެ ގިނަ އިން އެކުލެވިފައިވާ ލިޕްސްޓިކްގެ ބްރޭންޑް ތަކަށް ބަލާއިރު، އެންމެ ގިނައިން ލީޑްސްގެ މާއްދާ އެކުލެވެނީ އެންމެ ހައިކޮލިޓީގެ ލިޕްސްޓިކް ބްރޭންޑް ތަކުގައެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ލީޑްސް އެލެވިގެން ވަނީ މި ބްރޭންޑްތަކުގެ ޕާޕަލް ކުލައާއި ބްރޯން ކުލައިގައިއެވެ. ތިރީގައި ވާ ޓޭބަލް އަކީ އިންޑިއަން ޖާނަލްއިން ލިޕްސްޓިކްގައި ލީޑްސް އެކުލެވިގެންވާ މިންވަރާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާގެ ނަތީޖާ ތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް