ކޯޓުތަކުން މައްސަލަތައް ނުނިމި ލަސްވާ ނަމަ، ޖޭއެސްސީން އެކަން ބަލާނެ އުސޫލެއް އެކުލަވައިލައިފި

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަށް ނުބެލި ލަސްވާނަމަ އެކަން ޖޫޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލައި ނިންމުމާ ގުޅޭ އުސޫލެއް އެކުލަވަައިލައިފި އެވެ. ޖޭއެސްސީއިން ނެރުނު ސާކިއުލާއެއްގައި ބުނީ،ކޯޓުތަ...

10 Nov 2020 | 08:13

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަށް ނުބެލި ލަސްވާނަމަ އެކަން ޖޫޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލައި ނިންމުމާ ގުޅޭ އުސޫލެއް އެކުލަވަައިލައިފި އެވެ.

ޖޭއެސްސީއިން ނެރުނު ސާކިއުލާއެއްގައި ބުނީ،ކޯޓުތަކަށް ހުށަހެޅޭ މައްސަލަ ލަސްވާ ކަމުގެ ގިނަ ޝަކުވާތަކެއް ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ޝަކުވާތަކާ ގުޅިގެން ފަނޑިޔާރުން މައްސަލަތައް ނިންމާ މުއްދަތާއި ފަނޑިޔާރުގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކުރައްވާފައިވޭތޯ ބެލުމަށް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ. އަދި ފަނޑިޔާރަކާ މައްސަލަ ހަވާލު ކުރާތާ ހަ މަސް ތެރޭގައި އެ މައްސަލައެއް ނުނިމިއްޖެ ނަމަ އޭގެ ސަބަބާއި މައްސަލަ ކުރިއަށް ދާ މިންވަރު މަހަކު އެއް ފަހަރު އެ ކޯޓެއްގެ އިސް ފަނޑިޔާރަށް އަންގަމުން ދޭތޯ އާއި އެކަމާ ގުޅިގެން އިސް ފަނޑިޔާރު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާ އަދާކުރެއްވިތޯ އެ ކޮމިޝަނުން ބަލާނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޖިނާއީ މައަސަލަތަކުގައި ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ގޮތުގެ ތާވަލެއް ދުރާލައި ދީފައިވޭތޯ ވެސް ޖޭއެސްސީއިން ބަލާނެ ކަމަށާއި ގާނޫނެއްގައި ވަކި މުއްދަތެއް ކޯޓުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަންކަމުގައި އެގޮތަށް އަމަލު ކުރާތޯ ވެސް ބަލާނެ ޖޭއެސްސީއިން ވަނީ އެ ސާކިއުލާގައި ބުނެފަ އެވެ.

ގާނޫނުގައި މުއްދަތު ކަނޑައަޅާފައިވާ ކަންކަމުގައޮ ފަނޑިޔާރުން އެ މުއްދަތާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް ވެސް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ. އަދި އެ އެގޮތަށް އަމަލު ނުކުރައްވާ ފަނޑިޔާރުން އެކަން އިސްލާހު ކުރުމަށާއި އަންނަ މަހުން ފެށިގެން އެފަދަ މައްސަލަތަކުގައި ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ ކަަމަށް ވެސް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް