އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި

އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ. މިއީ މޯލްޑިވްސް ބްލަޑް ސަރވިސް އާއި އެ ކުންފުނި ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއަދު ހިންގި މިހަރަކާތުގެ އެނ...

10 Nov 2020 | 08:04

އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ.

މިއީ މޯލްޑިވްސް ބްލަޑް ސަރވިސް އާއި އެ ކުންފުނި ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މިއަދު ހިންގި މިހަރަކާތުގެ އެންމެ މުހިއްމު މަޤްސަދަކީ ތެލެސީމިއާ ޕޭޝަންޓުންނަށް އިޚުލާސްތެރި ޚިދުމަތެއް ކޮށްދެއްވާ ފަރާތެއްކަމަށްވާ މޯލްޑިވްސް ބްލަޑް ސަރވިސް އަށް، ކޮވިޑް 19 ގެ މި ޙާލަތުގައި ދިމާވެފައިވާ ލޭގެ ދަތިކަމުގެ ޙާލަތައް އެހީތެރިކަން ފޯރުވައި،  ބޭނުންވާ ލޭގެ އެހީ، އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ ފަރާތުން ފޯރުކޮށްދިނުމެވެ.

މިއާއެކު އެ ކުންފުނީގައި މަސައްކަތްކުރާ މުވައައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން އަންގައިދިނުމާއި އެކަމަށް މުވައްޒަފުން ހޭލުންތެރިކުރުވުމެވެ. އަދި ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅެމުންވެސް، ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާޢީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

އެ ކުންފުނީގެ ކަސްޓަމަރ ސަރވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެމް.ޑަބްލިޔު.އެސް.ސީ ގެ  ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް