ޓެކްސް އެޕީލް ޓްރިިއުބިނަލްގެ މަގާމުތަކަށް ކުރިމަތިލެއްވި ނުވަ ބޭފުޅެއްގެ ނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، މަޖިލީހުން އެނަންތަށް ދިރާސާ ކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވައިފި އެވެ.
ޓްރިބިއުނަލްގައި މިހާރު ތިއްބެވި ފަސް ފަސް މެމްބަރުންގެ ދައުރުު ވަރަށް އަވަހަށް ހަމަވަނާނެ އެވެ.
މިއަދު ރައީސް ސޯލިހު މަޖިލީހަށް ފޮނުވި ނުވަ ބޭފުޅުންގެ ނަކީ
1- ދަފްތަރު، އަހްމަދު އަޝްރަފު
2- އިރުވާކޮޅުގެ، ރ.އޮމަދޫ، ހަސަން ސަލާހު
3- މ.ފާމުދޭރިގެ، ޒައިދާން ޖަލީލް
4- މއ.ވިލާރޮދި، އިސްމާޢީލް ސާޖިދު
5- ވައިލެޓްފެހި ގދ.ހޯޑެއްދޫ އާމިނަތު ފަރީޝާ
6- ގ.ގޮފި، މިންހަތު އިއްޒަތު
7- އއ.މަތިވެރި، ވެސްޓްބީޗް، މުނައްވަރު އަލީ
8- ނަލަމަލަ، ލ.މާވަށް، ނަޞްރުﷲ ޖަލީލް
9- ގ.މާވާރުލު، ހަސަން ޒުހައިރު މުހައްމަދު
މި ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކު ޓެކްސް އެޕީލް ޓްރިބިއުނަލަށް އައްޔަންކުރާނެ އެވެ. ޖުޑިޝަރީ ކޮމިޓީއަށް މި ބޭފުޅުންގެ ނަންތަށް ފޮނުވިކަން އިއުލާންކުރީ މަޖިލީހުގެ ރައީސް އަދި ކުރީީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް