ޖުމްހޫރީ ދުވަހުގެ މުނާސަބަތުގެ މާދަމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުާ މުހާތައްބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދް ވިދާޅުވެއްޖެ އެވެ.
މިއަދު ހޫދު ވިދާޅުވީ ރައީސް ސޯލިހު ގައުމާ މުހާތަބު ކުރެއްވުން އޮންނާނީ މާދަމާ ހެނދުނު10:00 ޖަހާއިރު ކަމަށެވެ. ރައީސް ގައުމާ މުހާތަބު ކުރައްވާނީ ގައުމީ ޓީވީ އާއި ރޭޑިއޯގެ ވަސީލަތް މެދުވެރިކޮށް ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަސް ދިމާ ވަނީ ބުދަ ދުވަހަށެވެ. ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އަދި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަންނަ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް