މިއަދުވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 11:00 ހަވީރު 4:00 އަށް ގއ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ހުދު އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އެކަމަކު މޫސުން އެންމެ ގޯސްވާނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ.
އާންމު ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ.
އެކަމަކު ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ އެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް