މޯލްޑިވްސް މާކެޓިން އެންޑް ޕަބަލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިން އަށް މަގުފަހިކޮށްދިން މައްސަލަ ކްރިމިނަލް ކޯޓުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުން އެކަމުގެ ހިތްހަމަނުޖެހުން ފައުޅުކޮށް އާޒިމާގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
އާޒިމާގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ މަނީ ލޯންޑްރިންއަށް މަގު ފަހިކޮށް ދިނުމާއި ދައުލަތުގެ މުއައްސަސާތަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ އެވެ. މިއީ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ބެއްލެވި މައްސަލަ އެކެވެ. ހައިލަމް އިސްތިއުފާ ދިނުމުން އެ މައްސަލަ ބެއްލުމަށް ހަވާލުވީ ގާޒީ ހަސަން ސައީދެވެ. އޭނާ ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފަ އެވެ.
ގާޒީ ހަސަން މައްސަލައިން ތަނާޒުލްވި މައްސަލައާ ގުޅިގގެން އާޒިމާގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ، ގާޒީނަކީ އެ ބޭފުޅުން ބައްލަވާ މައްސަލަތަށް ވަކިން އިހުތިޔާރު ކުރުމުގެ ބާރާއި ފުރުސަތު އޮންނަ ބައެއް ނޫން ކަމަޑެވެ. އެހެންކަމުން މައްސަލައިންތަނާޒުލްވެވަޑައިގެން އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލުކުރެވޭނީ ވެސް ވަކި ހަމައެއްގެ މަތިން ކަމަށެވެ.
އަދި އާޒިމާގެ މައްސަލައިން ގާޒީ ހަސަން ތަނާޒުލްވެޑައިގަތީ ގާނޫނީ ހަމައިން ބޭރުން ކަމަށާއި ކްރިމިނަލް ކޯޓުން އެ ތަނާޒުލްވުން ބަލައިގަތީ ވެސް ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް އިތުރަށް އާޒިމާގެ ވަކީލުން ވަނީ ބަޔާނުގައި ބުނެފަ އެވެ.
އެ މައްސަލަ ހައި ކޯޓަށް ހުށަހަޅަން ޢާޒިިމާ ނިންމީ، ޢޭނާއަށް ތުހުމަތުކުރެވޭ ދެ މައްސަލަ މިހާރު ބަލަމުން އަންނަތާ އަހަރެއް ވެފައި ވުމުންންނާއި މައްސަލަ ބަލަމުން އަންނަތާ އަހަރެއްހާ ދުވަސްވެ، މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން ގާތްވެފައި ވަނިކޮށް، ގާޒީ ހަސަން ގާނޫނީ އިމުން ބޭރުން މައްސަލަ އިން ތަނާޒުލްވެވަޑައިގެން ކޯޓުން އެކަން ބަލައިގެންފައިވާތީ ކަމަށެވެ.
އަދި ކުއްލިއަކަށް އެހެން ގާޒީ އަކާ މައްސަލަ ހަވާލު ކުރުމަކީ މައްސަލަ ނުފޫޒެއް ފޯރައި، މިނިވަންކަން ގެއްލިފައިވާ ކަމަށް ގަބޫލު ކުރެވޭކަމަކަށް ވުމުން ވެސް އާޒިމާ ވަނީ ގާޒީ ހަސަން ތަނާޒުލްވި މައްސަލަ ހައި ކޯޓަށް ހުށަހަޅަން ޖެހުނު ސަބަބަކަށެވެ.
އާޒިމާގެ މައްސަލައިން ތަނާޒުލްވި ގާޒީ ހަސަން އަކީ އާއިލީ ދެ ބޭފުޅުންނެވެ. ގާޒީ ހަސަން އެ މައްސަލައިން ތަނާޒުލްވެވަޑައިގަތީ އެހެންވެ އެވެ. އާޒިމާގެ ވަކީލުންގެ ހަރަކާތްތެރިވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ އަހުމަދު އަދި ވަކީލް އަލީ ސައީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް