ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 13 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.
މި މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބަނދަރު ފުންކުރުމުގެ 28 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރިޓުގެ ނުވަ ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ގުރައިދޫ ބަނދަރުގެ 16،533 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފުންކުރާނެ އެވެ. އަދި 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން 370 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 370 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި މަޝްރޫއު އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ 46.01 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެއް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް