އިނގިރޭސި ޓީވީތަރި ލުއީޒް ތޮމްސަން އޭނާގެ ލޯބިވެރިޔާ ރިޔާން ލިބޭއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންއަންނައިރު އިއްޔެ އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއް ގިނަ ބަޔަކަށް ކަމުނުގޮސް އެންމެފަހުން އެ ޕޯސްޓް އެޑިޓްކޮށްފިއެވެ.
ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައި ހުރެ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ދޫކޮށްލިއިރު، ގޯސްވީ އެ ފޮޓޯގައި އޭނާ ލިޔުނު ކެޕްޝަނެވެ. ކެޕްޝަނުގައި ލިޔެފައިއޮތީ ދެވަނަ ބޮޑުހަނގުރާމައިގާ ހަނގުރާމަކުރި އިނގިރޭސި ސިފައިންގެ އަގުވަޒަންކުރުމުގެ ގޮތުން ވަރަށް ކުރީއްސުރެ ބޭނުންކުރަމުން އަންނަ ޅެމެކެވެ.
މި ކެޕްޝަނަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ އެއީ އެ ފޮޓޯއާ އެއްވެސް ގޮތަކަށް ގުޅޭ ކެޕްޝަނެއް ނޫންކަމަށެވެ. "ކޮމްޕްލީޓްލީ އިންއެޕްރޮޕްރިއޭޓް އެންޑް ޑިސްރެސްޕެކްޓްފުލް" މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވެއެވެ.
ފާޑުކިޔާ ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި ލުއީޒްގެ އެ ޕޯސްޓަކީ ގައުމަށްޓަކައި ޤުރުބާންވި ބަތޮލުންގެ ގަދަރަށް އުނިކަން އަންނާނެ ޕޯސްޓެކެވެ.
މި ފާޑުކިޔުންތައް އަމާޒުވުމާއެކު ލުއީޒް ވަނީ އެ ޕޯސްޓް އެޑިޓްކޮށްފައެވެ. ފާޑުކިޔުންތައް އިންތިހާއަށް އަމާޒުވިނަމަވެސް އޭނާއާއި އެއްކޮޅަށް ވާހަކަދައްކާ މަދު ބަޔަކުވެސް ކޮމެންޓްކޮށްފައިވެއެވެ.
ލުއީޒް ތޮމްސޮމްއަކީ 2011ގައި އެއާކުރި "މޭޑް އިން ޗެލްސީ" ޓީވީ ސީރީޒްގެ ތަރިއެކެވެ. އަދި 2015 ގައި އެއާކުރި "ދަ ޖަމްޕް – ސީރީޒް 2" ގެ ޕާޓިސިޕޭންޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް