ދިރާގު ލީގުގައި ދިއްދޫއިން ނިއުރޭޑިއަންޓާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ދިއްދޫ ސްޕޯޓްސް ކުލަބުން އަމިއްލަ ދަނޑުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ 2-2 އިން އެއްވަރުކޮށް، ނިއުއަށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ބަންދުކޮށްފިއެވެ. ދި...

10 Oct 2026 | 17:52
N/A

N/A

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ދިއްދޫ ސްޕޯޓްސް ކުލަބުން އަމިއްލަ ދަނޑުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ 2-2 އިން އެއްވަރުކޮށް، ނިއުއަށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ބަންދުކޮށްފިއެވެ.

ދިއްދޫއިން ލީގުގައި އަމިއްލަ ފަސްގަނޑުގައި ކުޅުނު މި ފުރަތަމަ މެޗުގައި ދެ ގޯލުގެ ލީޑެއް ނެގީ ހޯމް ޓީމުންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި އުފާލް އަބްދުﷲ ދިއްދޫގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އިރު، ތިން މިނެޓު ފަހުން ޓެޓޭ ގިޑެއޯން ދެވަނަ ލަނޑު ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގޯލެއް ޖަހައި ފަރަގު ކުޑަކޮށްދިނެވެ. މެޗުގެ ފެށުމުގެ 11 ގައި ވެސް ދަގަނޑޭ ހިމެނިގެން ނިއުއިން ނުކުތީ ނަތީޖާ އަނބުރައިލުމުގެ އަޒުމުގައެވެ. ނިއުއިން ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި އަބްދުﷲ ބިލީޓީ ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާގެ ސަބަބުން ނިއުއަށް ނުވަ ޕޮއިންޓާ ހަމައަށް ގޮސް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ގެއްލުނެވެ. ތާވަލުގެ އެއްވަނައިގައި އޮތް ވިކްޓްރީއާއި މާޒިޔާ ކުޅުނު މެޗު ވެސް އެއްވަރުވެފައިވާ އިރު، ވިކްޓްރީއާއި ދެވަނައިގައި އޮތް ނިއުއަށް ވެސް ލިބިފައި އޮތީ ހަތް ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް